މިމަހު 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަށް ވޯޓު ފޮށި ބަހައްޓާ ސަރަހައްދަށް އިލެކްޝަންސް ކޮމިޝަނުން ބަދަލުގެނެސްފި އެވެ.
މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 602 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އަށް ވޯޓު ފޮށްޓެއް ބަހައްޓާ ސަރަހައްދަށް ބަދަލު ގެނެސްފައިވާކަމަށެވެ. ބައެއް ވޯޓު ފޮށި ބަހައްޓާ ތަން ބަދަލުކުރީ ވޯޓުލާން ދާ މީހުންނަށް ފަސޭހަކޮށްދިނުމާ އެކު ތޮއްޖެހުން ކުޑަކުރަން ކަމަށް ކޮމިޝަނުން ބުނެ އެވެ.
ބަދަލުގެނެސްފައިވާ ވޯޓު ފޮށްޓާއި މިހާރު ފޮށި ބަހައްޓާ ސަރަހައްދު:
- ނ. ވެލިދޫ-1 - ނ. ވެލިދޫ، ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޑީ ބްލޮކް އިމާރާތް
- ތ. ގުރައިދޫ-1 - ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ ލައިބްރަރީ
- ތ. ގުރައިދޫ-2 - ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ އޭ.ވީ ރޫމް
- ތ. ތިމަރަފުށި-1 - ތ. ތިމަރަފުށި، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލް
- ގަލޮޅުދެކުނު-5 - މާލެ، އިމާދުއްދީން ސްކޫލް ކްލާސްރޫމް 8 ބީޓެކް
- ރ. އަތޮޅު، މާލެ-2 - އިސްކަންދަރު ސްކޫލްގެ ކްލާސް ރޫމް 3B
- ދ. އަތޮޅު، މާލެ-1 - މާލެ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޮމްޕައުންޑް އޭރިއާ
- ލ. އަތޮޅު، މާލެ-5 - މާލެ، ރިހިޖެހިކޮށި އިމާރާތުގެ ގްރައުންޑް ފްލޯގަ އޮންނަ ހުސް ޖާގަ
މިގޮތަށް ބަދަލުގެނެސްފައިވަނީ ވޯޓުލާ މަރުކަޒުތަކުގައި ތޮއްޖެހުން ކުޑަކޮށް، ވޯޓުލާން ދާ މީހުންނަށް ލުއިފަސޭހަކުރުމަށެވެ.
ކުރިއަށް އޮތް މަޖިސް އިންތިހާބުގައި 602 ވޯޓު ފޮށި ބެހެއްޓުމަށް އީސީ އިން ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން 241 ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާލޭ ސަރަހައްދުގަ އެވެ. އެއީ އެއީ މާލޭގައި 181 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށްޓެވެ. އަދި އަތޮޅުތަކުގެ ތެރޭގައި 319 ވޯޓު ފޮށި ބަހައްޓުމަށް ހަމަޖެހިފައިވާއިރު އެއީ ރިސޯޓުތަކުގައި 34 ފޮށި އަދި ޖަލުތަކުގައި ފަސް ފޮއްޓެވެ.
ވޯޓުލާން ދިއުމުގެ ކުރިން، ވޯޓުލާންޖެހޭ ތަން ޔަގީންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. ވޯޓުލާންޖެހޭ ތަން ޔަގީންކުރާނީ (VR(space) id number) ޖެހުމަށްފަހު 1414 އަށް މެސެޖުކޮށްގެންނެވެ. އަދި 1414 އަށް ގުޅައިގެންނާއި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންވެސް އިތުރު މަޢުލޫމާތު ހޯދޭނެ އެވެ.