އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓަޑް އަތުން 2-0 އިން މޮޅުވެ، ޗެލްސީ ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ އޮލިވިއޭ ޖިރޫޑާއި ޓީމޯ ވާނާ އެވެ. މިއީ 14 މެޗަށް ފަހު ވާނާ ޕްރިމިއާ ލީގުގައި ލަނޑު ޖެހި ފުރަތަމަ މެޗެވެ.

މި މޮޅާއެކު، ޗެލްސީ ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލީ 42 ޕޮއިންޓާއެކު އެވެ. ވެސްޓް ހޭމަށް ވެސް 42 ޕޮއިންޓް ލިބިފައި އޮތް ނަމަވެސް، ޗެލްސީ އޮތީ ފައިދާ ގޯލުގެ ތަފާތުން ކުރީގަ އެވެ.

"މި މެޗަށް ކުރިމަތިލިއިރު ވެސް އަހަރަމެންނަށް އެނގޭ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އެބައޮތްކަން،" މެޗަށް ފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުންޏެވެ. "އެ ފުރުސަތު ބޭނުން ކުޅުންތެރިން ހިފައިފި. ކުރިން ޗެލްސީ އޮތީ ވަރަށް ބޮޑުތަން ފަހަތުގައި. އެކަމަކު މިހާރު ޗެލްސީ މި އޮތީ ގަދަ ހަތަރަކަށް ޖެހިލައިފަ."

އިނގިރޭސި ލީގުގައި ރޭ ޝެފީލްޑް ޔުނައިޓަޑް އަތުން 3-0 އިން ވެސްޓް ހޭމް ވަނީ މޮޅުވެފަ އެވެ. – ބީބީސީ