ހުޅުމާލޭގައި ރޭ ފަތިހު ކާރެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމަށް މިއަދު 5:35 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ކާރުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ފުލުހުން ބުނީ ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓައި، ކާރު ޓޯ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި އެކްސިޑެންޓު ހިނގި ގޮތް އަދި ސާފެއް ނޫނެވެ.
ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
މިފްކޯއަށް މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުވެއްޖެ
ނަޝީދަށް މަރުހަބާ ކިޔަން ދިޔަ ހަތް މުވައްޒަފަކު ސަސްޕެންޑްކޮށްފި