ޕްރިޔަންކާ ޗޯޕްރާއަކީ މިހާރު ކާމިޔާބު ބައިނަލްއަގްވާމީ ތަރި އެކެވެ. އޭނާ އަންނަނީ ހޮލީވުޑްގައި ލިބެމުން އަންނަ ކާމިޔާބީ ފާހަަގަ ކުރަމުންނެވެ.
ގިނަ ބަޔަކު ހީކުރާ ގޮތުގައި ޕްރިޔަންކާ ބޮލީވުޑް ދޫކޮށް ދިޔައީ ނިކް ޖޯނަސްއާ ކައިވެނި ކުރުމަށްފަހު ކަމަށެވެ. އެހެން ނަމަވެސް ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ އޭނާ ބޮލީވުޑް ދޫކޮށްލި އަސްލު ސަބަބު ކިޔައިދީފަ އެވެ.
ޕްރިޔަންކާ ބުނީ ބޮލީވުޑްގައި ތަފާތު ކުރުންތައް ވަރަށް ގިނަ ކަމަށާއި ބޮލީވުޑް ދޫކޮށްލަން ގަސްދުކުރީ އެކަންކަމަށް ކެތް ނުކުރެވިގެން ކަމަށެވެ.
އެގޮތުން ބޮލީވުޑްގައި މަސައްކަތް ނުލިބޭ ތަފާތު ސަބަބުތައް އޭނާ ކިޔައިދިނެވެ. ވަކި މީހެއްގެ ލޯބިވެރިޔަކަށް ވުމާއި ހަށިގަނޑު ވަކި ގޮތަކަށް ހުރުމަކީ ވެސް އޭނާއަށް މަސައްކަތް ނުލިބުނު ބައެއް ސަބަބުތައް ކަމަށް ޕްރިޔަންކާ ބުންޏެވެ.
ލަވަކިޔުންތެރިއެއްގެ ގޮތުގައި ހޮލީވުޑަށް ފުރަތަމަ ވަތް ޕްރިޔަންކާ އެ ދާއިރާއިން މަޝްހޫރުވެގެން ދިޔައީ "ކުއާންޓިކޯ"އަށް ލިބުނު ކާމިޔާބަށްފަހު އެވެ.
ކަސްރަތު ކުރުމުގެ ކުރިން ކެއުން ގެންގުޅެންވީ ކިހިނެއް؟
ހެރީގެ ކޮންސެޓުތަކުގެ އަގުބޮޑުވާ މައްސަލަ ހޫނުވެއްޖެ
ދަ ކެރެލާ ސްޓޯރީ 2: އާ ވާހަކައަކާއެކު މުޅިން އާ މޫނުތަކެއް!