ރާއްޖޭގެ ފަތުރުވެރިކަމަށް އިންޑިއާ މާކެޓު ވަރަށް މުހިންމު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް ދުބާއީއަށް ވަޑައިގެން ހުންނެވި ފައިސަލް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އަކީ ފެށުނީއްސުރެ ގާތް ގުޅުމެއް އޮތް ދެ ގައުމު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިންޑިއާ އަކީ ދުނިޔޭގައި އޮތް އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާތީ، އެ ގައުމުގެ މާކެޓަކީ ފަތުރުވެރިކަމުގައި ރާއްޖެއަށް މުހިންމު އެއްޗެއް ކަމަށެވެ.
ރާއްޖެއަށް މިދިޔަ ދެ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ އިންޑިއާ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުން އެ މާކެޓު ވަނީ ހަވަނައަށް ވެއްޓިފަ އެވެ
ފައިސަލް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އޮތް އެންމެ ބޮޑު އެދުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތް އިންޑިއާގެ ރައްޔިތުން ވެސް ހޯދުންކަމަށެވެ.
އަނުޝްކާގެ ސަޕޯޓަރުންނަށް އޭނާ ވަކިކުރަން ވެސް ނޭނގުނު!
"ސްޓްރެސް އީޓިން"އަކީ ކޮބާ؟ ކޮންޓްރޯލް ކުރާނީ ކިހިނެއް؟
18 ކޭސް ދުންފަތާއި 75 ސިނގިރޭޓު ކާޓޫން އަތުލައިގެންފި
