ރާއްޖޭގައި އިންޑިއާގެ އިންޓަނޭޝަނަލް ކާޑު ޕޭމެންޓް ނެޓްވޯކް, ރޫޕޭ ބޭނުންކުރެވޭ ގޮތް ހަދަން ސަރުކާރުން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރޫޕޭ ކާޑު ރާއްޖޭގައި ވަރަށް އަވަހަށް ބޭނުންކުރަން ފަށާނެ ކަމަށެވެ.
އެ ކާޑު ރަސްމީކޮށް ބޭނުން ކުރަން ފެށުމުން ރާއްޖޭގައި ރުޕޭއިން ޕޭމެންޓުތައް ހެދޭނެ އެވެ. ސައީދު ވިދާޅުވީ ރުޕޭއިން ޕޭމެންޓުތައް ހެދޭނެ ގޮތްތައް ބެލުމަށް އިންޑިއާއާއެކު ވާހަކަ ދައްކަމުންދާ ކަމަށެވެ.
ރޫޕޭއަކީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން އިސްނަގައިގެން ތައާރަފުކުރި ހިދުމަތެކެވެ.
ރޫޕޭ އިންޓަނޭޝަނަލް ޕޭމެންޓުގެ ދަށުން އެކި ސެގްމެންޓުތަކަށް ހާއްސަ ކާޑުތައް ފާއިތުވި ހަތް އަހަރު ވަނީ ތައާރަފުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާގެ ސެންޓްރަލް ބޭންކް، އާރްބީއައި އިން ވަނީ ޔޫއޭއީއާއެކު ރޫޕޭ މެދުވެރިކޮށް ޕޭމެންޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް އެއްބަސްވެފަ އެވެ.

ރޯދަ ސުފުރާއަށް ހެދިކާ ނޫން ގޮތެއް ނެތްތަ؟
ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި
"ނެސްލޭ"ގެ އުފެއްދުންތައް ބޭނުން ކުރުމުން ސްވަރާ ހޫނު ފެނަށް!
