ހުޅުމާލެ ސަހަރާ ކުރިމަތި މަގުގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ އެކެވެ. އެ މީހާ މަރުވެފައި އޮތްވައި ފެނުނީ އޮޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖަހާފައިވާ ވެހިކަލެއްގަ އެވެ.
މި މީހާގެ ވަނަވަރާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މިމައްސަލައިގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ހުޅުމާލެ ސަހަރާ ކުރިމަތީ މަގުގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމަށް ބުނެ ކަމަށެވެ.
މި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ނަމަވެސް އޭރުވެސް މި މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.