ހުސްފަޔާ ހިނގަނީ އާންމުކޮށް ރިލެކްސްކޮށް ތިބޭ ގަޑިތަކުގަ އެވެ. ޕިކްނިކްތަކުގައި ގޮސް އުޅޭއިރު އާއި މޫދުގަ އެވެ. ގޮޑުދޮށްތަކުގަ އާއި ގޭތެރޭގަ އެވެ.

ހަށިގަނޑު ރިލެކްސްކުރުމުގައި ފައިގެން ދައުރެއްވާ ކަން ސިކުނޑިއަށް ގަބޫލުކުރެވޭތީ އެވެ. ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ބިންމަތީ ފައިޖެހޭ ގޮތަށް ހުސްފަޔާ ހިނގުމަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރިކަމެކެވެ. ހުސްފަޔާ ހިނގުމަކީ ހަށިގަނޑު ސީދާކޮށްދޭ ކަމެކެވެ. ބެލެންސްކުރުމަށް އެހީވެދޭ ކަމެކެވެ. ފައިގެ ރިހުންތަކަށް ހުރި ފަރުވާއެކެވެ. ބޫޓު ނުވަތަ ފައިވާނުގައިވާ އިސްޕަންޖުގެ ސަބަބުން ފައިތިލައިގެ ބައެއް މަސްތައް މަސައްކަތް ކުރުމުން މަހުރޫމު ކުރުވަ އެވެ. މި މަސްތަކަކީ ހަށިގަނޑުގައި ބާރު ޖައްސަދޭ މަސްތަކެވެ.

ހުސް ފަޔާ ހިނގުމަކީ ތަދުތަކަށް ފަރުވާ ލިބޭ ކަމެއް.

ސައިންސުގެ ހޯދުންތަކުން އިތުރަށް ހާމަވާ ގޮތުގައި ހަށިގަނޑުގެ ސެލްތަކުގެ ފުރިހަމަ މަސައްކަތަށް ވެސް ހުސްފަޔާ ހިނގުމުން ފައިދާކުރެ އެވެ. ހަށިގަނޑަށް ޖަރާސީމެއް، ވައިރަހެއް ނުވަތަ އެލާޖިކްވާ ކަހަލަ އެއްޗެއް އެތެރެވުމުން ދިފާއީ ނިޒާމު ތައްޔާރީ ހާލަތަށް އާދެ އެވެ. ހުން އައުމާ ތަނެއް ދުޅަވުމަކީ ހަށިގަނޑަށް އެއްޗެއް އެތެރެވީކަމުގެ އަލާމާތެކެވެ. މި ދުޅަ ނުވަތަ ތަދު ދިގުލައިދާނަމަ އެހެނިހެން ބަލިތަކަށް މަގުފަހިވެ އެވެ.

ހުސްފަޔާ ހިނގުމުން ހަށިގަނޑުގައި ހުންނަ ދުޅަތަކާ އޭގެ ސަބަބުން ހަށިގަނޑުގައި އަޅާވޭން ކުޑަކޮށްދޭ ކަމަށް ދައްކަ އެވެ. މީގެ އިތުރުން ވަރުބަލިކަން ކުޑަކޮށްދިނުމާއި، ހަކަތަ އިތރުކޮށްދިނުމާއި، މޫޑް ރަނގަޅުކޮށްދިނުމާއި އަދި ނިދަން ފަސޭހަވުމަކީ ވެސް ހުސްފަޔާ ހިނގުމުން ހަށިގަނޑަށް ލިބޭ ފައިދާތަކެވެ.