ބޮލީވުޑް ތަރި ކިއާރާ އަދްވާނީ ކެންސް ފިލްމް ފެސްޓިވަލްގައި ދިން އިންޓަވުއުއެއްގައި އިނގިރޭސި ބަަހުން ވާހަކަ ދެއްކި ގޮތާމެދު އާންމުން ފާޑު ކިޔައިފި އެވެ.

ކިއާރާއަކީ އިންޑިޔާއަށް އުފަން އިންޑިއާ އެކްސެންޓަކުން ވާހަކަ ދައްކާ މީހެކެވެ.

މިއަހަރުގެ ކެންސް ފިލްމް ފެސްޓިވަލްއަކީ ކިއާރާ އަލަށް ދިޔަ އިވެންޓެވެ. ފްރާންސްގެ ކެންސްގައި އޮތް މި އިވެންޓްގައި ކިއާރާ އިނގިރޭސި ބަހުން އިންޓަވިއު ދިންއިރު ވާހަކަ ދެއްކީ ބޮޑަށް އެމެރިކަން އެކްސެންޓަކުންނެވެ.

މީގެ ސަބަބުން ގިނަ މީހުން ވަނީ ސޯޝަލް މީޑިއާގައި މި ކަމަށް ފާޑު ކިޔާފަ އެވެ. އަދި ކިއާރާ ފޭކު އެކްސެންޓެއް ބޭނުން ކުރަނީ ކީއްވެކަން ސުވާލުކޮށް، އިންޑިޔާ އެކްސެންޓަކުން ވާހަކަ ދައްކަން ލަދު ގަންނަނީތޯ ސުވާލުކޮށްފަ އެވެ.

ކިއާރާއަކީ މި ވަގުތު ބޮލީވުޑްގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ އެއް އެކްޓްރެސް އެވެ. މައުލޫމާތު ލިބޭ ގޮތުގައި " ޑޯން 3" އިން ރަންވީން ސިންގް އާއި އެކު ކިއާރާ ފެންނާނެ އެވެ.