ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ބޮލީވުޑް ކޮމެޑީ ފިލްމު "ވެލްކަމް ޓުދަ ޖަންގަލް"، އެކްޓަރު ސަންޖޭ ދަތު ދޫކޮށްލައިފި އެވެ.
މި ފިލްމް އޭނާ ދޫކޮށްލާފައި ވަނީ ފިލްމުގެ ސްކްރިޕްޓާ ދޭތެރޭ ހިތްހަމަނުޖެހިގެންނާއި ފިލްމަށް ވަގުތު ނުދެވޭދީ ކަމަަށް މައުލޫމާތު ލިބެ އެވެ.
އަކްޝޭ ކުމާރާއި ދިޝާ ޕަޓާނީ ފެނިގެންދާނެ މި ފިލްމުގައި ފެންނާނެ އެވެ. ސަންޖޭ ވަނީ މި ފިލްމުގެ ފަނަރަ ދުވަހުގެ ޝޫޓިން ފުރިހަމަ ކޮށްފަ އެެވެ. އަދި ވަރަށް ގިނަ މަޖާ ސީންތައް ކުޅެފަ އެވެ.
މި އަހަރުގެ ޑިސެންބަރު މަހު ރިލީސްކުރާ މި ފިލްމްގައި ސަންޖޭގެ ރޯލަށް ދެން ހަދާނެ ގޮތެއް ފިލްމްގެ ޕްރޮޑިއުސަރުން އިއުލާނެއް ނުކުރެ އެވެ. ބެލެނޭ ގޮތުގައި ސަންޖޭގެ ރޯލް އެހެން އެކްޓަރެއް ލައްވާ އަލުން ޖެހެނީ ޝޫޓްކުރާށެވެ.
މި ފިލްމުގައި ބޮލީވުޑްގެ ވަރަށް ކޮމެޑީ ތަރި ޖޮނީ ލެވާ ވެސް ފެންނާނެ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.
އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ފޭސް3 ގެ ބިން ހިއްކަނީ
ވިއްސާރާގައި ލަންކާއިން 56 މަރު، ސަރުކާރު ބަންދުކޮށްފި
ނުރައްކާތެރިކޮށް ދުއްވާ މީހުން 20 އަހަރަށް ޖަލަށްލެވޭގޮތް ހަދަނީ