ބޮލުގައި ތޮޔުލުމަކީ އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކުރުމަށް ކުރެވޭނެ އެންމެ ރަނގަޅު އެއްކަމެކެވެ. މި ކަމަކީ ހާއްސަކޮށް އިންޑިޔާ ފަދަ ގައުމުތަކުގައި އެތަށް ސަތޭކަ އަހަރެއް ވަންދެން ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ.

ބޮލުގައި ލުމަށް އެންމެ ރަނގަޅު ތެޔޮތަކުގެ ތެރޭގައި ކާށިތެޔޮ، ރޯސްމެރީ ތެޔޮ އަދި އާގަން ތެޔޮ ހިމެނެ އެވެ. ބޮލުގައި ތެޔޮލުމުގެ އެތައް ފައިދާތަކެއް ހުރެ އެވެ.

އޭގެ ތެރޭގައި:

  • އިސްތަށިފޭބުން ކޮންޓްރޯލްކުރުން
  • އިސްތަށިގަނޑު ދިގުކުރުން
  • އިސްތަށިގަނޑުގެ މޮއިސްޗާ ހިފެހެއްޓުން
  • އިސްތަށިގަނޑު ފީނުވެ ވަރުގަދަކޮށް ބެހެއްޓުން
  • އިސްތަށިގަނޑުގެ ޝައިން އިތުރުކުރުން
  • ޑޭންޑްރަފް ކޮންޓްރޯލްކުރުން

ބޮލުގައި ތެޔޮލާނެ އެންމެ ރަނގަޅު ގޮތް

  1. އެންމެ ފުރަތަމަ ރަނގަޅަށް ބޮލުގައި ފުނާ އަޅާލާ ގޮށްތައް ފިލުވާލާށެވެ. ފުނާ އަޅާނީ ބޮޑު ބުރުހަކުންނެވެ.
  2. ބޯ ރަނގަޅަށް އިނގިލިތަކުން މަސާޖްކޮށްލާށެވެ. މި ކަން ފުރަތަމަ ކުރަނީ ބޮލުގައި ލޭގެ ދައުރު ރަނގަޅު ކުރުމަށެވެ.
  3. ތަލައިގައި ރަނގަޅަށް ތެޔޮލާ، މަސާޖް ކުރާށެވެ. މަސާޖުކުރާ 5-10 މިނެޓެވެ. ކޮންމެ ވެސް ވަރަކަށް އިސްތަށިގަނޑުގައި ވެސް އުނގުޅާލާށެވެ. ކޮޅުތަކުގައި ގިނައިން ލާށެވެ.
  4. 1-2 ގަޑިއިރު ވަންދެން ބެހެއްޓުމަށް ފަހު ދޮވެލާށެވެ. ދޮންނަ އިރު ރަނގަޅަށް ތެޔޮތައް ފިލުވަންވާނެ އެވެ.