ފަލަސްތީނު މީހުންގެ ގިނަ އަދަދެއްގެ އުޅަނދުތަކަށް އިޒްރޭލުން ގެއްލުންދީފި އެވެ.

އިޒްރޭލުން މި އަމަލު ހިންގާފައި ވަނީ އެ މީހުންގެ ބާރުގެ ދަށުގައިވާ ވެސްޓް ބޭންކްގައި މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އެ މީހުން އުޅަނދުތަކަށް ގެއްލުންދޭ މަންޒަރު ސެކިއުރިޓީ ކެމެރާއަށް ވަނީ އަރައިފަ އެވެ.

އިޒްރޭލުން ފަލައިސްތީނު މީހުންނަށް ނިސްބްތްވާ މުދަލަށާއި ގެތަކަށް ގެއްލުން ދިނުން މިހާރު ވަނީ އާންމުވެފަ އެވެ. މިއީ، ފަލަސްތީނުގެ އަސްކަރިއްޔާއިން ދޭ ހަމަލާތަކާއި އެ ސަރަހައްދުގައި ވަޒަންވެރިވުން މަދުކުރުމަށް އިޒްރޭލުގެ ކަމާބެހޭ އިދާރާތަކުން އަޅާ ފިޔަވަޅުގެ ބަދަލުހިފުމުގެ ގޮތުން ކުރާ އަމަލުތަކެވެ.

އިޒްރޭލްގެ އާންމު ބްރޯޑްކާސްޓަރެއް ކަމަށްވާ ކާން އާންމުކޮށްފައިވާ ފުޓޭޖަކުން، މޫނު ނިވާ ވާގޮތަށް ހެދުން އަޅައިގެން ތިބި 10 ވަރަކަށް މީހުން ވެސްޓް ބޭންކްގެ ޝައިލޯއޭ ކިޔާ ސަރަހައްދުގައި ހުރި ކާރުތަކުގެ ފުރޮޅުގެ ޓަޔަރު ފަޅާ، އަދި ބިއްލޫރިގަނޑު ތަޅާ މަންޒަރު ފެނެ އެވެ.

އިޒްރޭލު ފުލުހުންގެ ތަރުޖަމާނު ޝޯމިތް ބަކްޝީ ވިދާޅުވީ ހަ ވަރަކަށް އެއްގަމު ދުއްވާ އުޅަނދަށް ގެއްލުންވެފައިވާ ކަމަށާއި އަދި އެ މައްސަލައިގެ ތަހުގީގު މިހާރު ކުރަމުންދާ ކަމަށެވެ.

ނަމަވެސް، އަދި އެ މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބަކްޝީ ވިދާޅުވި އެވެ.