އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ލޮކް ސަބާއަށް ވާދަކުރާ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތުގެ ކެމްޕޭނުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ބައިވެރިވެއްޖެ އެވެ.

ކަންގަނާ ކެމްޕޭނުގައި އިންޑިއާގެ ބޮޑު ވަޒީރު ބައިވެރިވިއިރު، އޭނާ މި އިންތިހާބަށް ނިކުންނަނީ މޯދީ ވެސް ނިސްބަތްވާ ބީޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އޭނާ ވާދަކުރަނީ ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާއަށެވެ.

ކަންގަނާގެ ކެމްޕޭނަށް އިއްޔެ ވަގުތެއްގައި މޯދީ ވަޑައިގަތުމުން ކަންގަނާ އާއި އޭނާގެ ކެމްޕޭން ޓީމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މިކެމްޕޭން އެއްވުމުގައި މޯދީ ވަނީ ކަންގަނާއަށް ވޯޓު ދިނުމަށް ރައްޔިތުން ކިބައިން އެދިފަ އެވެ.

https://www.instagram.com/p/C7WOy9_xZ_b/?utm_source=ig_embed&ig_rid=87703a32-1d6b-461f-9d12-cc1ba19542de&img_index=3

ކަންގަނާ މީގެ ކުރިން ދިން އިއްޓަވިއުއްގައި ބުނެފައިވަނީ އޭނާ މިއިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ފިލްމީ ދާއިރާއިން ނުފެންނާނެ ކަމަށެވެ. އަދި ސިޔާސީ މަސައްކަތްތަކަށް އެއްކޮށް ހުސްވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މިދިޔަ މަހުގެ 19 ގައި ފެށި އިންތިހާބުގެ ވޯޓްލުން އަންނަ މަހުގެ 1 ހަމައަށް ކުރިއަށް ދާނެ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުހެ ތިރިގެ، ލޯކް ސަބާ އަށް ކަންގަނާ ވާދަކުރަން ނިންމައި ކެމްޕޭންގައި ވަރަށް ބިޒީކޮށް އުޅެން ޖެހުމާ ގުޅިގެން އަންނަ މަހުގެ 14 ފައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް އޭނާގެ ފިލްމު "އިމަޖެންސީ" ވެސް ރިލީޒްކުރުން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

ފިލްމު "އިމަޖެންސީ" އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރާ އިންދިރާ ގާންދީގެ ވެރިކަމުގައި ސިޔާސީ ގޮތުން އުފެދުނު ހަލަބޮލިކަމާ ގުޅިގެން އިއުލާނުކުރި ކުއްލި ހާލަތާ އެކު އިންޑިއާގައި އެ ދުވަސްވަރު ދިމާވި ކަންކަމަށް ރިއާޔަތްކޮށް އުފައްދާފައިވާ ފިލްމެކެވެ.