ޓޭޓޫ ޖެހުމުން ކެންސަރުގެ ވައްތަރެއް ކަމަށްވާ ލިންޕޯމާ ޖެހުމުގެ ފުރުސަތުބޮޑުވާ ކަމަށް ސްވީޑަންގެ ލަންޑް ޔުނިވާސިޓީއިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ގާތްގަނޑަކަށް 11000 މީހުން ބައިވެރިވި މި ދިރާސާގައި ލިންޕޯމާ ޖެހުމު މީހުންނާއި ނުޖެހޭ ކޮންޓްރޯލް ގްރޫޕެއް ވަނީ ބޭނުންކޮށްފަ އެވެ.

މި މަހު 21 ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ޓެޓޫ ޖެހުމުން މި ވައްތަރު ކެންސަރު ޖެހުމުގެ ފުރުސަތު 21 ޕަސެންޓް ބޮޑުވާކަން ވަނީ ފާހަގަވެފަ އެވެ. އަދި މި ފުރުސަތު ބޮޑީ ކެންސަރު ޖެހުމުގެ ދެ އަހަރު ކުރިން ޓެޓޫ ޖެހި މީހުން ކަން ވަނީ ފާހަަގަކޮށްފަ އެވެ.

ލިންފޯމާއަކީ ހަށިގަނޑުގެ ލިންފަޓިކް ސިސްޓަމަށް ޖެހޭ ކެންސަރެކެވެ. ބެލެވޭ ގޮތުގައި ޓެޓޫ ޖެހުމުގެ އޭގެ ދެލި ހަންގަނޑުގެ ތެރެއަށް ވަދެގެން ދެ އެވެ. އަދި ހަށިގަނޑުގެ ތެރެއަށް ވަންނަ ނުޖެހޭ ބީރައްޓެހި އެއްޗެއް ހަށިގަނޑުގެ ތެރެއަށް ވަނުމުން ހަށިގަނޑުގެ ދިފާއީ ނިޒާމް އެކްޓިވޭޓްވެ އެވެ. އަދި ލިންފް ނޯޓްތަކުގައި މި ދެލި ހަރުލަ އެވެ. އަދި މިކަމުގެ ސަބަބުން ކެންސަރަށް މަގުފަހިވެ އެވެ.

ކެންސަރުގެ އިތުރުން ޓެޓޫ ޖެހުމުން އެތައް އިންފެކްޝަންއެއް ޖެހުމުގެ ފުރުސަތު ވެސް ބޮޑެވެ،