ޝާހިދު ކަޕޫރަކީ އޭނާގެ ފެޝަން ސްޓައިލްގެ ސަބަބުން އާއްމުންގެ މެދުގައި މަގްބޫލު ތަރި އެކެވެ. އޭނާގެ ކޮންމެ ފެނިލުމަކަށް ވެސް އެތައް ލޯތަކެއް އަމާޒުވެ އެވެ.

އެގޮތުން އެންމެ ފަހުން ފެނުނު ޝާހިދުގެ ފެނިލުމަށް ވެސް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނެވެ. އެއީ އޭގެ ކުރިން އޭނާ ފެނިފައިވާ ގޮތާ ތަފާތުވީމަ އެވެ.

"އެއާޕޯޓު ލުކް"އަކަށް ހެދުން އަޅައިގެން ހުރި ޝާހިދު ޚިޔާރު ކޮށްފައިވަނީ މަޑު ނޫ ކުލައިގެ ވީ ކަރެއް ލާފައިވާ ޓީޝާޓްއަކާއި މަޑު ނޫ ޑެނިމް ޖީންސް އެކެވެ. އެއާއެކު އޭނާ ބޭނުންކުރީ ގަދަ ނޫ ކުލައިގެ ތޮތްޕަކާއި ކަޅު ދަބަހެކެވެ.

މީގެ އިތުރުން ގިނަ ބަޔަކަށް ފާހަގަވި ކަމަކީ ޝާހިދު އޭނާގެ ތުނބުޅި އެއްކޮށް ތުނިކޮށްފައިވާ ކަމެވެ. މިއީ މިފަހަކަށް އައިސް އޭނާ "ކްލީން ޝޭވް"އެއް ކުރި ފުރަތަމަ ފަހަރެވެ.

2000ގެ ކުރީކޮޅުގެ އަހަރުތަކުގައި ވެސް ޝާހިދުގެ ކްލީން ޝޭވް ލުކްއަކީ އޭރުގެ ޒުވާން އަންހެން ކުދިންގެ ހިތް ދަމައިގަތް ރީތި ސްޓައިލެކެވެ.