ރިއަލިޓީ ޝޯ "ބިގްބޮސް 17" މަގުބޫލުކަން ހޯދި ޓީވީ ބަތަލާ އީޝާ މަލްވިޔާ، އޭނާގެ ބައްފަގެ އުފަންދުވަހުގެ ހަދިޔާއަކަށް އަގު ބޮޑު ކާރެއް ދީފި އެވެ.

އީޝާ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އޭނާގެ ބައްޕަގެ އުފަންދުވަހުގެ ހަދިޔާއަކަށް ކާރެއް ދިންކަން ހާމަކޮށްފަ އެވެ. އެ ކާރަކީ 10 ލައްކަ ރުޕީސްގެ ކާރެކެވެ.

އެކާރާއެކު އީޝާ އާއި އޭނާގެ މައިންބަފައިން ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

އީޝާއަކީ "ބިގްބޮސް 17" ގައި ހޭދަކުރި ދުވަސްތަކުގައި ގިނަ ބައެއްގެ ތައުރީފު ލިބިގެންދިޔަ ބަތަލާއެކެވެ. މީގެ އިތުރުން އީޝާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ އަބީޝޭކް އާއި މިހާރުގެ ލޯބިވެރިޔާ ސަމަރުތު އޮންނަ ގުޅުމަކީވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ އެވެ.

އީޝާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓް

"ބިގްބޮސް" އަށް ފަހު އީޝާ ވަނީ ސަމަރުތު އާއެކު އޮންނަ ލޯބީގެ ގުޅުންވެސް ނިމުމަކަށް ގެނެސްފަ އެވެ. މިކަމާ ބެހޭ ގޮތުން އީޝާ ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ.

އީޝާ ވަނީ މަގުބޫލު ޓީވީ ޑްރާމާއެއް ކަމަށްވާ "އުދާރިޔާ"ގައިވެސް ފެނިގެން ގޮސްފަ އެވެ.