ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންއަށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި މުމްބާއީގެ ފުލުހުން ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި މިފަހަރު ވެސް ހައްޔަރު ކޮށްފައި ވަނީ މީގެ ކުރިން ވެސް ސަލްމާންއަށް ހަމަލާދޭން މަސައްކަތް ކުރި ލޮރެންސް ބިޝްނޯއީ ގްރޫޕްގެ ބައެކެވެ.
އެމީހުން މަސައްކަތް ކޮށްފައިވަނީ ސަލްމާން ދުއްވާ ކާރަށް އަމާޒުކޮށް ހަމަލާދޭން ކަމަށް ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނެފައިވެ އެވެ.
މި ހަމަލާ ރާވާފައި މިވަނީ ސަލްމާން ދިރިއުޅެމުން އައި ގެއަށް ބަޑީގެ ހަމަލާތަކެއް ދިންތާ ގާތްގަނޑަކަށް ދެ މަސް ފަހުންނެވެ. އެ ހާދިސާ ފުލުހުން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
ލޮރެންސް ބިޝްނޯއީގެ ގޭންގުން ސަލްމާނަށް އަމާޒުކޮށް ހަމަލާ ދޭން މަސައްކަތް ކޮށްފައިވަނީ "ހަމް ސާތު ސާތުހޭ"ގެ ޝޫޓިންގެ ތެރެއިން ބްލެކްބަކް ނަމަކަށް ކިޔާ ޖަނަވާރެއް މެރުމުންނެވެ.
ދީޕިކާއާއެކު އޮތް ދެކޮޅުވެރިކަމާ ބެހޭގޮތުން އަނުޝްކާ ބުނީ ކީކޭ؟
ސަރުކާރުން ދޭންޖެހޭ ފައިސާ އިން ޓެކްސް ދެއްކޭނެ ގޮތް ހަދަނީ
ފޭކް ޓީޓީ ފޮނުވައިގެން ލަނޑުދިން މީހާ 109 އަހަރަށް ޖަލަށް