ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ދިރިއުޅެމުން އަންނަ ގޭގެ ބޭރުގައި ހަމަނުޖެހުން ހިންގި އަންހެނަކު މުމްބާއީގެ ފުލުހުން ހައްޔަރު ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ސަލްމާންގެ ގޭގެ ބޭރުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގީ ސަލްމާންގެ ސަޕޯޓަރެއް ކަމަށް ބުނާ 24 އަހަރުގެ އަންހެނެކެވެ. އެމީހާ އެ ސަރަހައްދުގައި ހުރެގެން ސަލްމާންއަށް ގޮވައި އަޑުގަދަކޮށްފައިވާއިރު ސަލްމާންގެ ކައިވެންޏަށް ވެސް އޭނާ އެދިފައިވާ ކަމަށްވެ އެވެ.
މި ހާދިސާ ހިނގާފައި މިވަނީ ސަލްމާންގެ ކާރަށް ހަމަލާ ދޭން އުޅުމުގެ ތުހުމަތުގައި ލޮރެންސް ބިޝްނޯއީ ގްރޫޕްގެ ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައި ވަނިކޮށެވެ.
މި ރިޕޯޓުތަކާއެކު ސަލްމާންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށް ބެންޑްރާގައި އޭނާ ދިރިއުޅެމުން އަންނަ ގެ ހުންނަ ސަރަހައްދުގައި ފުލުހުން ދަނީ 24 ގަޑިއިރު ހަރަކާތްތެރި ވަމުންނެވެ.
10 ރުފިޔާގެ އާ ނޫޓުތަކެއް 1 އެޕްރިލް އިން ފެށިގެން ދައުރުކުރަނީ
ސޯނަމްއަށް މިފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެއް!
ހަމަ ނިދި ނުލިބޭނަމަ ކުއްލި މަރަށް މަގުފަހިވޭ: ދިރާސާ