މަހުޖަނުންނަކީ ކުރާނެ ހަަރަދެއް ނޭނގިގެން އުޅޭ ބަޔެކޭ ބައެއް މީހުން ބުނެ އުޅެ އެވެ. އޭގެ ފުރިހަމަ މިސާލަކީ އިންޑިއާގެ މަޝްހޫރު ބިލިއަނަރު ކަމަށްވާ މުކޭޝް އަމްބާނީގެ އާއިލާ އެވެ.
އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި މުކޭޝްގެ އަންހެނުން ނީތާ އަމްބާނީ ބޯ ފެނަކީ ވެސް ދުނިޔޭގެ އެންމެ އަގުބޮޑު ރަނުގެ ފެނެވެ.
އަކުއާ ޑި ކްރިސްޓައްލޯ ނަމަކަށް ކިޔާ އެ ފެނަކީ ބޮޑު އަގުގައި ރަނުން ޑިޒައިން ކުރެވިފައިވާ ފުޅިއެއްގައި ވިއްކާ ފެނެކެވެ. އޭގެ އެންމެ ފެންފުޅިއެއްގެ އަގަކީ ވެސް 49 ލައްކަ ރުޕީސް އެވެ.
ބުނެވޭ ގޮތުގައި އެ ފެނަކީ ނީތާ އަމްބާނީގެ ޒުވާން ކަމުގެ ސިއްރެވެ. އެ ފެނުގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން އުމުރުން ދުވަސްވުމުގެ ނިޝާންތައް ފޮރުވާލަ އެވެ.
ނީތާ އަމްބާނީގެ އުމުރުން 60 އަށްވުރެ މައްޗަށް ގޮސްފައި ވީނަމަވެސް ބަލާ ބެލުމަށް އޭނާއަކީ އެހާ އުމުރުން ދުވަސްވެފައި ހުރި މީހެއްހެން ހިއެއް ނުވެ އެވެ.
އެމެރިކާއިން އަނެއްކާވެސް އީރާނަށް ހަމަލާދީފި
މި މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
މުކޭޝްއަށް ވެސް ދީގެން ތި ފެން ބޮއެ ބަލަ