ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލްގެ މެމްބަރުކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އިއްޔެ އައްޔަން ކުރުމާއެކު އޭނާ މަޖިލިސް މެމްބަރުކަމުގެ ސައްޙަ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ރައްޔިތުން މަޖިލިހުގެ މެންބަރުންގެ ޝަރުތުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ރ)ގައި ބުނެފައިވަނީ "ޤާނޫނުއަސާސީ ގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމަގާމުގައި ހުރެ އަންނަނި ވި ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެ" ކަމަށެވެ.
އެ އަކުރުގައި މަޖިލިހުގެ މެންބަރުންނަށް އަދާކުރުން މަނާކޮށްފައިވާ ވަޒީފާތަކަކުގެ ތެރޭގައި ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ވަޒީފާއެއް ނުވަތަ ރައްޔިތުން މަޖިލިހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އިތުރު ވަޒީފާ ހިމެނެ އެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލްގެ މެމްބަރުކަމަކީ މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަގާމެއް ނޫނެވެ. އެހެންކަމުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ގިނަ ގާނޫނީ ވަކީލުން އަންނަނީ ވިދާޅުވަމުންނެވެ.
ގާނޫނީ ވަކީލުން އެހެން ވިދާޅުވަމުންދާއިރު، މެމްބަރު ޔައުގޫބު މިއަދު ވަނީ އެ މަގާމުގައި ހުރުމުގައި ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ގާނޫނު އަސާސީގައި ބުނާގޮތުން ޔައުގޫބުގެ މަޖިލިސް ގޮނޑި ގެއްލިއްޖެކަމަށް ނިންމޭނީ ސުޕްރީމް ކޯޓުން އެފަދައިން ހުކުމް ކުރުމުންނެވެ. އެފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ބެލޭނީ އެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.
ދެން އަތް ޖައްސަވާ...
މާއްކަު އޮޑިޓަރު ޫ ޫ ޫ! ކިހިނެއްތަ ވީ އަނެއްކާ