ދެހާސް ފަނަރަ ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ބޮލީވުޑް ފިލްމު "ބަޖްރަންގީ ބައިޖާން"ގެ ދެވަނަ ބައިގެ މަސައްކަތް ފަށަން އުޅޭކަމުގެ އިޝާރާތެއް އެ ފިލްމުގެ ޑައިރެކްޓަރު ކަބީރު ޚާން ދީފި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކަބީރު ޚާން ބުނީ އަމަލީ ގޮތެއްގައި ފިލްމުގެ މަސައްކަތް ފެށިފައި ނުވި ނަމަވެސް ފިލްމުގެ ވާހަކައާއި ސްކްރިޕްޓާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
"ބަޖްރަންގީ ގެ ވާހަކަ ކުރިއަށް ގެންދެވޭނެ ބައިވަރު ގޮތްތައް އެބަހުރި. މިހާރު އެކަން އޮތީ މަޝްވަރާގެ މަރުހަލާގައި،" ކަބީރު ބުންޏެވެ.
އެހެން ކަމުން ވަރަށް އަވަސް މުސްތަގްބަލެއްގައި "ބަޖްރަންގީ ބައިޖާން 2"ގެ އަމަލީ މަސައްކަތް ވެސް ފެށޭނެ ކަމަށް ލަފާކުރެވެ އެވެ.
އިންޑިއާގައި ގެއްލުނު ޕާކިސްތާނުގެ ކުޑަ ކުއްޖަކު އަނބުރާ އޭނާގެ ގައުމަށް ގެންދިއުމަށް މީހަކު ކުރާ މަސައްކަތް ފެންނަ "ބަޖްރަންގީ ބައިޖާން"ގައި ފެނިގެންދިޔައީ ސަލްމާން ޚާންއާއި ހަރްޝާލީ މަލްހޯތުރާ އެވެ.
40އަށްފަހު މޫނުގެ ހަމަށް އިތުރަށް ސަމާލުވޭ!
"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފި
ކޮޅުވެއްޓި ހާދިސާގައި އަނިޔާވި ދިވެއްސެއްގެ ހާލު ވެސް ސީރިއަސް