ބޮލީވުޑްގެ ޒުވާން އެކްޓަރު އިބްރާހީމް އަލީ ޚާން ވެސް އެންމެ ފަހުން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމްއާ ގުޅިއްޖެ އެވެ.

އިންސްޓަގްރާމްގައި އޭނާ ހިއްސާކުރި ފޮޓޯއަކަށް ރެކޯޑް މިންވަރަކަށް ލައިކްސް ލިބިފައިވެ އެވެ. އެ ޕޯސްޓާއެކު އޭނާއަށް 546،000 އަށް ވުރެ ގިނަ ފޮލޯވަރުން ވަނީ ލިބިފަ އެވެ.

އެ ޕޯސްޓު ހިއްސާ ކުރަމުން އިބްރާހީމް ބުނެފައިވަނީ އޭނާގެ ދިރިއުޅުން ބައްޓަން ކުރާނީ އޭނާ އަމިއްލައަށް ކަމަށެވެ. އޭނާ ފުރަތަމަ ހިއްސާ ކޮށްފައިވަނީ ފެހި ކުލައިގެ ޓީޝާޓެއް ލައިގެން އިން ފޮޓޯ އެކެވެ.

https://www.instagram.com/p/C6X9G4Kvxuv/?img_index=1

އިބްރާހީމްގެ ފުރަތަމަ ޕޯސްޓު އިންޓަނެޓަށް ދޫކޮށްލުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔައި ވަރަށް ބޮޑަށް ތައުރީފް ވެސް ކުރަމުންނެވެ.

އިބްރާހީމްއަކީ ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާންއާއި އޭނާގެ ކުރީގެ އަންހެނުން އަމްރިތާ ސިންހްއަށް ލިބުނު ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ.