ފަލަސްތީނުގެ މީހުންގެ ހައްގުތަކަށް ވަކާލާތުކޮށް ސޯޝަލް މީޑިއާގައި އަޑު އުފުލާ ހޮލީވުޑްގެ ތަރިންނާއެކު މަސައްކަތް ނުކުރަން އެ ދާއިރާގެ މާކެޓިން ކުންފުންޏަކުން ނިންމައިފި އެވެ.
ތަރިން ޕްރޮމޯޓް ކުރުމުގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާ ބެވާލީ ހިލްސް ފާމްސް ދަ އޭ ލިސްޓްގެ ފައުންޑަރު އޭޝްލީ މަރްގޮލިސް ވަނީ އެފަދަ ތަރިންނަށް ހިދުމަތް ނުދިނުމަށް އޭނާގެ މުވައްޒަފުންނަށް އަންގާފަ އެވެ.
އޭޝްލީ ފޮނުވި އީމެއިލްގައި ބުނެފައިވަނީ އިޒްރޭލުން ހިންގަނީ ގަތުލު އާއްމެއް ކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ނޫން ކަމަށާއި އެ ބީދައިން ވާހަކަދައްކާ މީހުންނަށް ހިދުމަތް ނުދޭނެ ކަމަށެވެ.
އެއާއެކު އޭނާ ވަނީ ޔަހޫދީންނާމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަފްރަތު އުފައްދަން ކުރާ މަސައްކަތް ކުށްވެރިކޮށް ޔަހޫދީންގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ.
ހޮލީވުޑްގައި ފަލަސްތީނަށް ތާއީދުކުރާ ތަރިން މަދުން ނަމަވެސް އުޅެ އެވެ. އޭގެ ތެރޭގައި ރަމީ ޔޫސެފް، ގިގީ ހަދީދް، ބިލީ އެއިލިޝް ފަދަ ތަރިން ހިމެނެ އެވެ.
ގޭސް ޝިޕްމަންޓަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ މަޖިލީހަށް
ނިދުމުގެ 3 ގަޑިއިރު ކުރިން ކެއުން ހުއްޓާލަން ޖެހޭ!
ސިއްހީ ހާލަތެއްގެ ސަބަބުން ނާސާގެ ސައިންސްވެރިންތަކެއް ގެންނަނީ!