ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިޔާ ޝުއައިބް މަލިކްއާ އެކު ކުރި ކައިވެނި ރޫޅުނުތާ ގާތްގަނޑަކަށް ފަސް މަސް ފަހުން އިންޑިއާގެ ކުރީގެ ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާ ހައްޖަށް ދާކަން އިއުލާން ކޮށްފި އެވެ.
އާދީއްތަ ދުވަހު އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި އެއްވެސް މީހަކަށް ދެރައެއް ދެވިފައިވާނަމަ މައާފް ކުރުމަށް އެދިފައިވެ އެވެ. އަދި އެ އަޅުކަމުން އަންނާނީ ކުރިއަށްވުރެ ރަނގަޅު މީހެއްގެ ގޮތުގައި ކަމަށް ވެސް ބުނެފައިވެ އެވެ.
އެއާއެކު ހައްޖުގެ މާތް އަޅުކަމުގެ ނަސީބު ލިބުނީތީ ޝުކުރުވެރިވާ ކަމަށާއި އެ އަޅުކަމުގައި މާތް ﷲގެ ހެޔޮ ރަހުމަތާއި ވާގިއަށް ވެސް އޭނާ އެދިފައިވެ އެވެ.
މިފަހުން ސާނިއާ ވަނީ "ދަ ގްރޭޓް އިންޑިއަން ކޮމެޑީ ޝޯ"ގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފަ އެވެ. އެ ޝޯގެ ތެރެއިން ސާނިއާ ވަނީ ކުރީގެ ފިރިމީހާ އާއި އޭނާގެ އާއިލާއަށް ފާޑުކިޔައިފަ އެވެ.
ދެހާސް ދިހަ ވަނަ އަހަރު ކައިވެނިކުރި ސާނިއާ އާއި ޝުއައިބްގެ ކައިވެންޏަށް އެއް ކުއްޖަކު ލިބިފައިވެ އެވެ. އެއީ އިޒްހާން މިރްޒާ މަލިކް އެވެ.
އީރާނާ ދެކޮޅަށް ވަރުގަދަ އިގްތިސާދީ ހަނގުރާމައެއް އިއުލާންކޮށްފި
ޖޫންގެ ނިޔަލަށް ވީއައިއޭއަށް 1.62 މިލިއަން ފަސިންޖަރުން
ގަދަ ހޫނުގެ ސަބަބުން ފްރާންސްގައި 7،000 އަށްވުރެ ގިނަ މަރު