ބޮޑު އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ މަގުތަކުގައި ހާއްސަ ހުއްދައެއް ނެތި ވެހިކަލް ދުއްވުން މާލެ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.

އިއްޔެ އޮތް މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 150 ވަނަ ބައްދަލުވުމުގައި ވަނީ އެގޮތަށް ނިންމާފަ އެވެ.

ސިޓީ ކައުންސިލުން ނިންމާފައި ވަނީ އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުމަތީގައި އެއްވެސް އުޅަނދެއް ދުއްވޭނީ މާލެ ސިޓީ ކައުންސިލުން ދޫކުރާ ހާއްސަ ހުއްދައެއް އޮންނަ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި އެ ހުއްދަ ދޫކުރާނީ މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތާ ބެހޭ ބައި (ތައިސޭ ކޮށި) އިން ނެވެ.

އީދު ދުވަހު ވެހިކަލް ދުއްވުމުގެ ހުއްދަ ދޫކުރާނީ މިއަދާއި މާދަމާ އެވެ. މިއަދު ހުއްދަ ދޫކުރާ ގަޑިތަކަކީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ. އަދި މާދަމާ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް ވެސް ހުއްދަ ދޫކުރާނެ އެވެ.