ކަންގަނާގެ ދިފާއުގައި އޭނާއާއެކު މަސައްކަތްކުރާ ގާތް މީހުން ވާހަކަ ދައްކަން ޖެހޭތީ ލަދުގަންނަ ކަމަށް އޭނާ ބުނެފި އެވެ.
ކަންގަނާ މިހެން ބުނެފައިވަނީ އޭނާއާ ބެހޭ ގޮތުން އޭނާގެ ހެއާ ސްޓައިލިސްޓް ވާހަކަ ދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ ކަންގަނާއަކީ ވަރަށް ރަނގަޅު ހިތްހެޔޮ މީހެއް ކަމަށާއި އޭނާއަށް ކުރާ ފުރައްސާރައާމެދު ހިތާމަކުރާ ކަމަށެވެ.
"އަހަންނަކީ "ނޯމަލް" މީހެއްކަން ދައްކުވައިދޭން އެހެން މީހުން ވާހަކަ ދައްކަން ޖެހޭތީ ލަދުގަނޭ،" ކަންގަނާ ބުނެފައިވެ އެވެ.
ކަންގަނާއަކީ މިފަހުން ބޭއްވި އިންޑިއާގެ މަޖިލިސް އިންތިހާބުގައި މަންޑީ ދާއިރާގެ ގޮނޑި ކާމިޔާބުކުރި ބާރަތްޔާ ޖަނަތާ ޕާޓީގެ މެމްބަރެވެ.
މަޖިލީހަށް އިންތިހާބުވި ފަހުން ވެސް އޭނާއަށް އާއްމުންގެ ފަރާތުން ފުރައްސާރައާއި މަލާމާތް އަންނަނީ ކެނޑިނޭޅި އަމާޒު ވަމުންނެވެ.
އަރިޖީތުގެ މިސްރާބު ސިޔާސީ ދާއިރާއަށް؟
އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި