ޗޮކި ބަނޑެއްލުމަކީ އެންމެން ވެސް ލަދުގަންނަ ކަމެކެވެ. ބަނޑު ހިންދުމުގެ ބޭނުމުގައި އެތައް ކަމެއް ވެސް ކުރެވެ އެވެ.
އެހެން ނަމަވެސް ނޭނގޭ ކަމަކީ މިކަމަށް އޮތް އެންމެ ފަސޭހަ ހައްލު އޮތީ ގޭގެ ބަދިގެއިން ކަމެވެ. ކެއުމުގައި ބޭނުން ކުރެވޭ ތަރުކާރީގެ ބާވަތްތަކުން ކަމެވެ.
ބީންސް
ހެލްތު ލައިންގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ބީންސްގައި އެކުލެވޭ ސޮލިއުލަބަލް ފައިބާގެ ސަބަބުން ހަށިގަނޑުގައި ސަރުބީ ޖަމާވުން ދުރުކޮށްދޭ ކަމަށެވެ.
ބޮނޑި ތަރުކާރީ
ސްޕިނެޗް، ލެޓިއުސް އަދި ކޭލް ފަދަ ބޮނޑިކޮށް ހުންނަ ތަރުކާރީގައި ބަނޑު ހިންދައިދޭ މާއްދާތައް އެކުލެވިގެންވެ އެވެ.
މަޝްރޫމް
މަޝްރޫމްއަކީ ހުރިހާ އެންމެންގެ މެދުގައި ވެސް މަގުބޫލު ރަހަމީރު އެއްޗެކެވެ. މަޝްރޫމްގައި އެކުލެވޭ މާއްދާތަކުން ބަރުދަން ލުއިކުރަން އެހީވެދެ އެވެ.
އެސްޕެރަގަސް
އެސްޕެރަގަސްއަކީ އޭގައި ކެލޮރީ ވަރަށް މަދުން އެކުލެވޭ ބާވަތެކެވެ. އެހެން ކަމުން ކެއުމުގައި އެސްޕެރަގަސް ހިމެނުމަކީ ބަނޑު ހިންދަން އެހީވެދޭނެ ކަމެކެވެ.
ކެޕްސިކަމް
ކެޕްސިކަމްއަކީ ސިއްހަތަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވޭ ކެއުމެކެވެ. ކެއުމުގައި ކެޕްސިކަމް ހިމަނައިފި ނަމަ ގިނައިރު ވަންދެން ބަނޑުހައިނުވެ ހުންނާނެ އެވެ.
ބްރޮކޮލީ
ރަހައިގެ ގޮތުން ގިނަ ބަޔަކަށް ކަމުނުދިޔަ ނަމަވެސް މިއީ ވެސް ބަނޑު ހިންދުމަށް ކުރާ މަސައްކަތުގައި ވަރަށް ފައިދާހުރި ތަރުކާރީ އެކެވެ.