ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްހޯތުރާ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ އެވެ.

އިންސްޓަގްރާމްގައި ސިދާތު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އާއި އާއިލާ އާއި ފޭނުންނާއި އަދި ޓީމްގެ ނަމުގައި ބަޔަކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ހޯދަން މަސައްކަތްކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ސިދާތުގެ ފަރާތުން ނުހިންގާ ކަމަށާއި އެއީ ބަޔަކު ހިންގަމުންދާ ސްކޭމަކަށްވާތީ އެކަމަށް އެންމެން ވެސް ސަމާލުވުމަށް ސިދާތު އެދިފައިވެ އެވެ.

ސިދާތު މިފަދައިން ބަޔާނެއް ނެރެފައިވަނީ ސިދާތުގެ ސަޕޯޓަރެއްގެ އަތުން 50 ލައްކަ ރުޕީސް ގެއްލި އެކަމުގެ ޒިންމާ ސިދާތުގެ ފޭން ޕޭޖުތައް ހިންގާ އިދާރީ މީހުންނަށް އަމާޒުކުރުމާ ގުޅިގެންނެވެ.

https://www.instagram.com/p/C89eFtDtNPc/?utm_source=ig_embed&utm_campaign=loading

2021 ގެ "ސްޓޫޑެެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުތް އެކްޓަރު ސިދާތު އާއި ބަތަލާ ކިއާރާ އަދަވާނީ ކައިވެނި ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ސިދާތު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރު ރިލީޒްކުރި ފިލްމު "ޔޮދާ"އިންނެވެ. މީގެ އިތުރުން އެމޭޒަން ޕްރައިމްއިން ގެނެސްދިން ސީރީޒް "އިންޑިއަން ޕޮލިސް ފޯސް"ގެ ވެސް މުހިއްމު ރޯލަކުން ސިދާތު ވަނީ ފެނިފަ އެވެ.