ދިވެހި ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ޒުވާން ބަތަލާ އައިމިނަތު ރަޝްފާ (އާޝާ)އާއި ތަޖުރިބާކާރު އެކްޓަރ މުހައްމަދު ރަޝީދު (ދަރާ ރަޝީދު) ކައިވެނި ކުރި ކަމަށް ދޭހަވި ފޮޓޯއަކީ ފިލްމު "ކަމަނާގެ" މަންޒަރެކެވެ.

މި ފިލްމަކީ ގެވެށިއަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި މި ދެ ތަރިން ވެސް މުހިއްމު ރޯލެއް ދައްކުވައިދެ އެވެ. އޯގަސްޓް 27 ގައި އޮލިމްޕަސް ސިނަމާގައި އަޅުވާ މި ފިލްމް ހުށަހަޅައިދެނީ ކިޑް ޕްރޮޑަކްޝަންއާއި ސެޓާން ސްޓޫޑިއޯއިންނެވެ.

ފިލްމު ކަމަނާގެ ފުރަތަމަ ޕޯސްޓަރާއެކު އެ ފިލްމުގެ ޓީމުން ވަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކާއި އިންސްޓަގްރާމްގައި ގެވެށި އަނިޔާއާ ދެކޮޅަށް ހޭލުންތެރި ކުރުވުމުގެ ކެމްޕެއިނެއް ވެސް ފަށާފަ އެވެ.

"ކަމަނާ"ގެ ޕްރޮމޯޝަން ޕޯސްޓެއްގައި ދަރާ ރަޝީދާއި ނަތާޝާ، އަދި އާޝާ

"ކަމަނާ" އަކީ:

  • "ކަމަނާ" މި ފިލްމް ފެށެނީ ހއ. މޮޅަދޫގައި ވަރަށް ލޯބިން ދިރިއުޅެމުންދާ ދެމަފިރިން, ރިމްޝާ އާއި ހައިދަރުގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ލިބޭ ހިސާބުން.
  • ރިމްޝާއަށް ދަރިޔަކު ލިބެން އުޅޭކަން އެނގޭ ހިސާބުން.
  • ނަމަވެސް މި އުފާވެރިކަމަށް ހީވެސް ނުކުރާވަރު ކަޅު ބޯ ވިލާގަނޑެއްގެ ހިޔަނިއެޅި ރިމްޝާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދޭ

މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެ އެވެ. މިއީ ހަގީގީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެ. މިއީ ހަގީގީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމެއް.

މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ރިމްޝާގެ ރޯލަށް އައްޒަގެ ހަށިގަނޑަށް ގެންނަންޖެހުނު ބަދަލު.އަދި މިއީ އައްޒަގެ ފިލްމީ ކެރިއަރގައި އޭނާ ފެނިފައި ނުވާފަދަ ރޯލެއް.

މި ފިލްގައި ހައިދަރުގެ ބައި އަދާކުރަނީ ޔޫސުފް ޝަފީއު (ޔޫއްޕެ). މިއީ މިފަދަ ބޮޑު ރޯލަކުން އައްޒައާއި ޔޫއްޕެ އެކުގައި ފެންނަ ފުރަތަމަ ފަހަރު އެވެ. އަދި މި ފިލްމުގައި އާޝާ ފެނިގެންދާނީ ފިލްމުގެ މުޅި ނެރެޓިވް އޭނާ ބޭނުން ގޮތަކަށް އަނބުރާލާ މުހިއްމު ރޯލަކުންނެވެ.

އެ ތިން ބައިވެރިންގެ އިތުރުން, ދަރާ ރަޝީދު, މުހައްމަދު މަނިކު އަދި ނަތާގެ ކެރެކްޓާތައް ވެސް ފިލްމު ކުރިޔަށް ގެންދިއުމުގައި މުހިއްމު ރޯލްއެއް އަދާކުރެ އެވެ.

ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރު ޝާނިޒް އަލީ އަދި ހުސެން މުނައްވަރު އެވެ.

ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ތިންވަނަ ފިލްމެވެ.

މުނައްވަރު ވަނީ މީގެ ކުރިން ސަޒާ އަދި ދިލަކަނި ޑައިރެކްޓްކޮށްފަ އެވެ.