ސްމާޓް ފޯނުގައި ވަރަށް ގިނަ ފީޗާސްވެ އެވެ. ބޭނުމަކީ ތަފާތު ފަންތީގެ، ގިންތީގެ އަދި އުފެދުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ވެސް ބޭނުންކުރެވޭނެ އެއްޗެއް ކަމުގައި ސްމާޓް ފޯނުވުމެވެ. އެގޮތުން ލިޔުން ބޮޑުކުރުމާއި، ކުޑަކުރުމާއި، ސްކްރީނަށް އަރާ މެސެޖް ކިޔައިދިނުން ހިމެނެ އެވެ. ފޯނުގައި އިންނަ އެސިސްޓިވް ޓަޗްގެ ބޭނުމަކީ ސްކްރީންގައި އަތްލަން އުނދަގޫ ވާނަމަ ނުވަތަ ކީބޯޑުގެ ފިތްތަކަށް ފިއްތަން އުނދަގޫ މީހުންނަށް ޓައިޕް ކޮށްދިނުމެވެ.

އެޕަލް ކުންފުނިން ބުނާގޮތުގައި އެހެން މީހެއްގެ މޫނު ބޭނުކޮށްގެން ތިމާގެ ފޯނު ހުޅުވުމުގެ ޗާންސް ވަރަށް ހަންޏެވެ. އެއީ ހާހަކުން އެއް ޗާންސް އެވެ. ނަމަވެސް އެހެން މީހަކަށް ތިމާ ނިދާފައި އޮއްވައި ވަރަށް ފަސޭހަކަމާއެކު ފޯނު އެއޮތީ ހުޅުވޭށެވެ.

ފޭސް ރިކޮގްނިޝަން ބޭނުންކޮށްގެނެވެ. އޭގެ ސަބަބުން ލިބިދާނެ ގެއްލުން އަންދާޒާ ކުރެވޭ ވަރަށް ވުރެ ވެސް ބޮޑެވެ. އެއީ މިސާލަކަށް އެހެން މީހަކަށް ތިމާގެ ފޯނުގެ ފޭސް ރިކޮގްނިޝަން ބޭނުންކޮށްގެން ހުޅުވައި އޭގައިވާ މެސެޖްތަކަށާއި، ފޮޓޯތަކާއި، ސޯޝަލް މިޑިއާ އަދި ބޭންކް އެކައުންޓް ބޭނުންކޮށްލެވި ދާނެތީ އެވެ.

އައިފޯނުގެ ފޭސް އައިޑީ އަކީ ވަރަށް ފަސޭހައިން މީހާގެ މޫނަށް އަންނަ ބަދަލުތައް ދެނެގަންނަ ފީޗާއެއް.

ފޭސް އައިޑީ އަކީ ވަރަށް ފަސޭހައިން މީހާގެ މޫނަށް އަންނަ ބަދަލުތައް ދެނެގަންނަ ފީޗާއެކެވެ. އެ ފީޗާގެ ސްމާޓްކަމަކީ އައިނެއް، ކޮންޓެކްޓް ލެންސެއް ލައްވާފައިވި ނަމަވެސް ފަސޭހައިން ފޯނުގެ ވެރިމީހާ ދެނެގަނެވޭ ކަމެވެ. އެހެންވެ، ވަކި ބަޔަކަށް ހާއްސަ ފީޗާސްތައް ފަސޭހަކޮށްލުމުގެ ގޮތުން ވެސް ތިމާ ބޭނުންކުރުމަކީ ފަހަރުގައި ވަރަށް ގެއްލުންހުރި ކަމަކަށް ވެދާނެ އެވެ.

ނިދާފައި އޮތް ނަމަވެސް މީހާ ދެނެގަނެ ފޯނު ހުޅުވުމަކީ އެހެން މީހަކަށް ނުހަނު ފަސޭހަކަމެކެވެ. ވީމާ ފޭސް ރިކޮގްނިޝަން އާއި އެހެނިހެން ފީޗާސް ބޭނުންކުރުމުގައި އިތުރަށް ސަމާލުވުން މުހިންމެވެ.