ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޖޯޑުގެ ގޮތުގައި މީހުން ގަބޫލުކުރާ ޝާހިދު ކަޕޫރުއާއި މީރާ ރާޖްޕުތުގެ ކައިވެންޏަށް ނުވަ އަަހަރު ފުރިއްޖެ އެވެ.

މި މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން މީރާ ވަނީ އޭނާއާއި ޝާހިދުއެކު ހޭދަކުރި ދުވަސްތަކުގެ އުސްއަލިތައް ފެންނަ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.

އެގޮތުން އެ ވީޑިއޯގައި މީގެ ކުރިން ފެނިފައިނުވާ އެ މީހުންގެ ކައިވެނީގެ ފޮޓޯތަކާއި ޗުއްޓީތަކަށް ގޮސް ނަގާފައިވާ ފޮޓޯތަކުގެ އިތުރުން އާއްމު ދިރިއުޅުމުގެ ބައެއް މަންޒަރުތައް ވެސް ފެނެ އެވެ.

https://www.instagram.com/p/C9HUnTCN6L3/

އެ ވީޑިއޯއާއެކު ޝާހިދުއަށް އެމީހުންގެ ނުވަވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔަމުން މީރާ ބުނެފައިވަނީ ޝާހިދުއަކީ އަދިވެސް އޭނާގެ ލޯބިވެރިޔާ ކަމަށެވެ.

ޝާހިދުއާއި މީރާއަކީ އާއިލީ ރޭވުމެއްގެ ތެރެއިން ކައިވެނިކުރި ދެ މީހުން ނަމަވެސް އެމީހުންގެ ލޯތްބަކީ ނަމޫނާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ. 2015 ވަނަ އަހަރު ކައިވެނިކުރި ޝާހިދުއާއި މީރާއަށް 2016 ވަނަ އަހަރު އަންހެން ކުއްޖަކު (މީޝާ) ލިބުނުއިރު އޭގެ ދެ އަހަރު ފަހުން ފިރިހެން ކުއްޖަކު (ޒައިން) ވެސް ލިބިފައިވެ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ޝާހިދު އެންމެ ފަހުން ފެނިގެންދިޔައީ "ތޭރީ ބާތޯން މޭ އޭސާ އުލްޖާ ޖިޔާ"އިން ކްރިތީ ސެނޮންއާއެކުގަ އެވެ.