މިފަހުން ސައިންސްވެރިން އުފެއްދި ބޭހަކާއެކު ދަރިމައިވުމުގެ އުނދަގޫތައް ކުރިމަތިވާ އަންހެނުންނަށް މުޅިން އާ އުއްމީދެއް ލިބިއްޖެ އެވެ.
ސްޕެއިންގެ ކުންފުންޏަކުން ނެރެފައިވާ މި ބޭހަކީ އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) މެދުވެރިކޮށް ވެސް ދަރިމައިވުމަށް އުނދަގޫވާ އަންހެނުންނަށް ދެވޭ ބޭހެކެވެ.
އެގޮތުން މި ބޭހުގެ ސަބަބުން އެ ފަރުވާ މެދުވެރިކޮށް ގުދުރަތީ ގޮތުން ބަލިވެ އިނުމުގެ ފުރުސަތު ބޮޑުވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މި ބޭހުގެ އެންމެ ފުރަތަމަ ޓްރައަލްތައް ނިމި ނަތީޖާތައް ލިބިފައިވާއިރު ބޭސް ބޭނުންކުރި އަންހެނުންގެ ތެރެއިން 46 ޕަސެންޓް އަންހެނުން ބަލިވެ އިން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ހަމައެއާއެކު ބަލިވެ އިން އަންހެނުންގެ ތެރެއިން ވެސް 42 ޕަސެންޓް މީހުން ސިއްހަތު ރަނގަޅު ދަރިން ވިހާފައިވާ ކަމަށްވެސް ނަތީޖާތަކުން ދައްކަ އެވެ.
އެހެން ކަމުން މި އާ އީޖާދަކީ އާއިލާއެއް ފަަށަން ބޭނުންވެ އެ ނަސީބުން މަހުރޫމްވެފައިވާ ފަރާތްތަކަށް ލިބިގެންދިޔަ އާ އުއްމީދެއްގެ ގޮތުގައި ސައިންސްވެރިން ސިފަކުރެ އެވެ.
ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 5000ރ. ގެ ފީއެއް
ޖޭލޯ އޭނާގެ އެންގޭޖްމަންޓް އަނގޮޓިތައް ވިއްކާލަނީ؟
ވިއްސާރައިރު ބަލިތަކުން ރައްކާތެރިވާން އެހީއެއް!