ޑޯޓްމަންޑް (10 ޖުލައި) – ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ފޯވަޑް އޮލީ ވޮޓްކިންސް މެޗުގެ ފަހު ވަގުތު ޖެހި ލަނޑާއެކު ޔޫރޯގެ ސެމީ ފައިނަލްގައި މިރޭ ނެދަލޭންޑްސް އަތުން 2-1 އިން މޮޅުވެ އިންގްލެންޑް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ ސްޕެއިން އެވެ. މިއީ އިންގްލެންޑް ޔޫރޯގެ ފައިނަލަށް ޖެހިޖެހިގެން ދަތުރުކުރި ދެވަނަ ފަހަރެވެ. އެންމެ ފަހުން އޮތް ޔޫރޯގެ ފައިނަލްގައި އިންގްލެންޑް ބަލިވީ އިޓަލީ އަތުންނެވެ.

ނެދަލޭންޑްސް އިން މެޗު ފެށީ ވަރަށް ރަނގަޅަށެވެ. މެޗުގެ ހަތް ވަނަ މިނިޓުގައި ނެދަލޭންޑްސް އިން ލީޑު ނެގީ ޒަވީ ސިމޮންސް ޖެހި ލަނޑުންނެވެ.

އެކަމަކު މެޗުގެ 18 ވަނަ މިނިޓުގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ހެރީ ކޭން ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަކޮށްފަ އެވެ.

ދެ ޓީމު އެއްވަރުގެން އިތުރަށް ގަޑިއަށް މި މެޗު ދާނެ ކަމަށް ބެލެވިފައި ވަނިކޮށް، އިންގްލެންޑަށް ލީޑު ނަގައިދިނީ ވޯވަޑް ވޮޓްކިންސް ޖެހި އެވެ. ނެދަލޭންޑްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް އޭނާ އަމާޒުކޮށްލީ ޑިފެންޑަރެއް އެނާގެ ކައިރީގައި ހުއްޓަ އެވެ.

މިއީ އެސްޓަން ވިލާއަށް ކުޅެމުންދާ ވޮޓްކިންސްއަށް މި އަހަރުގެ ޔޫރޯގައި ކުޅެން ލިބުނު ފުރަތަމަ ފަހަރެވެ.