އެއީ ހަށިގަނޑަށް ނުގުޅޭ އެއްޗެއް ކެއުމުން ނުވަތަ ބުއިމުގެ ސަބަބުން ދިމާވި ބައްޔެއް ކަމުގައި ވިޔަސް، ބަނޑުގެ ރޯގާ، ސްޓްރެސް ފަދަ ބައްޔެއް ކަމުގައި ވިޔަސް، ނުވަތަ އިރިޓޭބަލް ބައުލް ސިންޑްރޯމް ފަދަ ދާއިމީ ބައްޔެއް ކަމުގައި ވިޔަސް، ޑައިރިއާގެ ސަބަބުން ދުވަސް ވަރަށް އަވަހަށް ގޯހުން ގޯހަށް ދެ އެވެ.

ބޭރަށް ހިންގަން ފެށުމުން ކާން ބޭނުން ނުވިޔަސް، އަވަހަށް ފަސޭހަވުމަށް ރަނގަޅު ކާއެއްޗެހި ކެއުމަކީ މުހިއްމުކަމެވެ. މިއީ ބޭރަށް ހިންގަން ފެށުމުން ކާން އެންމެ ރަނގަޅު ކާނާ އެވެ.

1. ދޮންކެޔޮ

ދޮންކޭލުގައި ހުންނަނީ ބަނޑަށް ލުއި ފަސޭހައިން ހަޖަމުކުރެވޭ ކާބޯހައިޑްރޭޓް އެވެ. މީގެ އިތުރުން ބޭރަށް ހިންގުމުން ހަށިގަނޑުން ގެއްލޭ މުހިއްމު އިލެކްޓްރޯލައިޓެއް ކަމަށްވާ ޕޮޓޭސިއަމް ދޮންކޭލުގައި ހުރެ އެވެ.

ދޮންކެޔޮ

2. ބަތް

ބަތަކީ ބަނޑު ހަރުކޮށްދޭ އެއްޗެކެވެ. ބޭރަށް ހިންގަންޏާ ބަތް ކޮޅެއް ކެއުމުން އަވަހަށް ބަނޑުހަރުކޮށް ދެ އެވެ.

ހުދު ބަތް

3. ބިސް

ބޭރަށް ހިންގަންޏާ އެންމެ ރަނގަޅު އެއް ކާނާ އަކީ ހަރު ބިހެއް ކާލުމެވެ.

ކެއްކި ބިސް

4. ހުދު ޕާން

ހުދު ޕާނަކީ ފައިބާ އެކުލެވޭ އެއްޗެއް ނޫނެވެ. އަދި ފަސޭހައިން ހަޖަމުކުރެވޭ އެއްޗެކެވެ.

ހުދު ޕާސް

5. ކެއްކި އަލުވި

އަލުވީގައި ވެސް ގިނައިން ޕޮޓޭސިއަމް އެކުލެވެ އެވެ. އަދި މިއީ ވެސް ފަސޭހައިން ހަޖަމުކުރެވޭ އެއްޗެކެވެ.

ކެއްކި އަލުވި

6. ކްރޭކަރު ބިސްކޯދު

ބޭރަށް ހިންގަންޏާ އެއްޗެއް ކާން އުނދަގޫ ނަމަ ކްރީމް ކްރޭކަރު ބިސްކޯދުކޮޅެއް ކެވޭތޯ ބަލާށެވެ.

ކްރީމް ކްރެކާސް