މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެ ގޮސް ހައިވޭގެ ޖަހާފައިވާ ސޯލާ ޕެނަލްތަކުގައި ޖެހި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.
ފުލުހުން ބުނީ ހައިވޭ އިން ދަތުރު ކުރި ކާރެއް ކޮންޓްރޯލް ނުވެ ސޯލާ ޕެނަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު ކަމަށެވެ. މި އެކްސިޑެންޓުގައި މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސޯލާ ޕެނަލްތަކަށް އަރާފައިވަނީ ރަތް ކުލައިގެ ޕްރައިވެޓް ކާރެކެވެ. މި އެކްސިޑެންޓުގައި ކާރަށާއި ސޯލާ ޕެނަލްތަކަށް ވެސް ގެއްލުންވެފައިވެ އެވެ.
9 އަހަރަށްފަހު މޭގަން އަނބުރާ އެކްޓިންއަށް އަންނަނީ!
ފޭދޫ ސުކޫލުގެ ކެޑޭޓް ކޭމްޕުގެ 31 ދަރިވަރަކު ބަލިވެގެން ފަރުވާދެނީ
ބާ ފޮތްތަކުން ދުވާ "މީރު" ވަހުގެ ސިއްރަކީ ކޮބާ؟