އިންޑިއާގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު، އަނަންތު އަމްބާނީގެ ކައިވެނި ހަފުލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފި އެވެ.

ރައީސް ނަޝީދަކީ މިހަފުލާގައި ބައިވެރިވި ހަމައެކަނި ދިވެއްސެވެ.

މި ހަފުލާގައި ދުނިޔޭގެ ނަން މަޝްހޫރު ސެލެބްރިޓީންނާއި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތައް ވެސް ބައިވެރިވި އެވެ.

އިނގިރޭސި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ޓޯނީ ބްލެއާގެ އިތުރުން ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ސްޓީވަން ހާޕާ ވެސް ވަނީ އެ ހަފްލާގައި ބައިވެރިވެވަޑައިގެންފަ އެވެ.

އަނަންތު އަމްބާނީގެ ކައިވެނި ހަފުލާގައި ރައީސް ނަޝީދު ފޮޓޯއަކަށް ހުއްޓިގެން.

ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ވަނީ އެ ހަފްލާގެ ބައެއް މަންޒަރުތައް ހިއްސާކުރައްވާފަ އެވެ.

މިކައިވެނި ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފަ އެވެ. އެ ކައިވެނި ހަފްލާގައި ދުނިޔޭގެ ނަން މަޝްހޫރު ލަވަކިޔުންތެރިން ވަނީ ހުށަހެޅުންތައް ހުށަހަޅައިދީފަ އެވެ.

އަނަންތު އަމްބާނީގެ ކައިވެނި ހަފުލާގައި ރައީސް ނަޝީދު އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާގެ ދެކަނބަލުންނާއެކު ފޮޓޯއަކަށް ހުއްޓިގެން.

އަމްބާނީ އަކީ މުޅި އޭޝިއާގައި ވެސް ހުރި އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތު 123 ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެ އެވެ.