ވިކީ ކައުޝަލްއާއި ޓިޕްރިތީ ޑިމްރީގެ ކުރިއަށް އޮތް ފިލްމު "ބޭޑް ނިއުޒް"ގެ ދެވަނަ ލަވަ މިހާރު އާއްމުންނަށް ދޫކޮށްލާފައިވާއިރު އެ ލަވައަށް އާއްމުންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވަމުން އެބަދެ އެވެ.

1998 ވަނަ އަހަރު ނުކުތް ފިލްމު "ޑުޕްލިކޭޓް"ގެ ލަވައެއް ކަމަށްވާ "މޭރެ މެހްބޫބް މޭރޭ ސަނަމް"ގެ ރީމޭކެއްގެ ގޮތުގައި އެ ލަވަ ހަދާފައިވާއިރު އަސްލާ ވަރަށް ތަފާތެވެ.

އެގޮތުން އެ ލަވައިގެ މިއުޒިކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ލަވައިގެ އަސްލު މުޅިން އޮޅިފައިވާ ކަމަށާއި އެ ރީތި ލަވައަށް ހުތުރު އަރުވާފައިވާ ކަމަށް މީހުން ބުނެ އެވެ.

https://www.youtube.com/watch?v=6bvqH0t7j2Y

ޝާހްރުކް ޚާންއާއި ޖޫހީ ޗާވްލާ ފެނިގެންދާ އަސްލު ލަވައަކީ އެ ދުވަސްވަރު ޗާޓުތަކުގެ އެއްވަނަ ހޯދަމުން އައި އާއްމުންނަށް ކަމުދިޔަ ލަވަ އެކެވެ.

ކުރިން ނެރެފައިވާ ކާމިޔާބު ލަވަތަކުގެ ރިމޭކް އުފެއްދުމުގެ ޓްރެންޑެއް ބޮލީވުޑްގައި މިހާރު އޮތްއިރު ގިނަ ލަވަތަކުގެ ރީތިކަން ހުންނަނީ ގެއްލުވާލާފަ އެވެ.

"ބޭޑް ނިއުސް"ގެ ފުރަތަމަ ލަވައެއްގެ ގޮތުގައި "ތައުބާ ތައުބާ" ރިލީޒުކޮށްފައިވާއިރު ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ.