ކުރިއަށް އޮތް ދުވަސްތަކަކީ މުޅި ރާއްޖެއަށް ވިއްސާރަ، މޫސުން ގޯސް ދުވަސްތަކަކަށްވާނެ ކަމަށް ގައުމީ މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. ކޮންމެ އަހަރެއްގެ ވެސް ވިއްސާރަ މޫސުމަކީ ރާއްޖޭގެ ރަށްތަކުގައި މަދިރި އާލާވެ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވާ މޫސުމެކެވެ.

މި ލިޔުމުގައި މި ހިއްސާ ކޮށްލަނީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވާން ކުރެވިދާނެ ވަރަށް ފަސޭހަ ބައެއް ކަންކަމަށެވެ.

މަދިރި ސްޕްރޭ ބޭނުން ކުރުން

ޕިކަރިޑިންއާއި ޑީޓް އެކުލެވޭ މަދިރި ސްޕްރޭއެއް ގޭގެ އެކި ސަރަހައްދުތަކަށް ޖަހާފައި ބެހެއްޓުމަކީ މަދިރި އާލާވުން ދުރުކޮށްދޭނެ ކަމެކެވެ.

ކެއުމުގައި ލޮނުމެދު ބޭނުންކުރުން

ލޮނުމެދުގައި ގިނަ އަދަދަކަށް ސަލްފާ އެކުލެވޭއިރު އެއީ މަދިރި ސްޕްރޭއިން ކުރާ ފަދަ އަސަރެއް މަދިރިތަކަށް ކުރުވައި މަދިރި މަދުކޮށްދޭ މާއްދާ އެކެވެ.

ގޭގައި ގަސް އިންދުން

ގޭތެރޭގައި އިންދާ ކަހަލަ ލެމަން ގްރާސް، ޕެޕާމިންޓް އަދި ރޯސްމެރީ ފަދަ ގަސްތައް ހުރުމަކީ ވެސް ގޭތެރެއިން މަދިރި މަދުވެ ބަލިތައް ދުރު ކުރުވާ ކަމެކެވެ.

ހަށިގަނޑު ނިވާވާ ފަދަ ބޯ ހެދުން ލުން

ކެހެރި ނުވަތަ އެފަދަ ބޯ ފޮއްޗަކުން ފަހާފައިވާ، ހަށިގަނޑު އެއްކޮށް ނިވާވާފަދަ ހެދުމެއް ލުމަކީ ވެސް މަދިރި ހެފުން ދުރުކޮށްދީ ބަލިތަކުން ރައްކާތެރި ކޮށްދޭ ކަމެކެވެ.