އިނގިރޭސި ޝާހީ ގަނޑުވަރު ބަކިމްހަމް ޕެލެސްގެ މަޝްހޫރު ބެލްކަނި ކޮޓަރި އާއްމުންނަށް ވަދެވޭ ގޮތަށް އާއްމުކޮށް ހުޅުވާލައިފި އެވެ.
އެ ބެލްކަންޏަކީ ހާއްސަ މުނާސަބަތުތަކުގައި ޝާހީ އާއިލާގެ މެމްބަރުން ބޭރަށް ނުކުމެ އާއްމުންނާ ބައްދަލު ކުރަން ހާއްސަ ކޮށްފައިވާ ބެލްކަންޏެކެވެ.
ގަނޑުވަރުގެ އިރުމަތީ ފަޅީގައި ހުންނަ އެ ކޮޓަރި ފުރަތަމަ ފަހަަރަށް އާއްމުންނަށް ހުޅުވާލާފައިވާއިރު އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ބެލްކަނި ކޮޓަރިއަށް ވަންނަން ޓިކެޓު ނަގާ ފަރާތްތަކަށް ގަނޑުވަރުގެ އެހެނިހެން ހާއްސަ ބައެއް ސަރަހައްދުތަކަށް ވެސް ވަދެވޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.
މީގެ ކުރިން ވެސް ޝާހީ ގަނޑުވަރު ބަލާލަން ޓުއާތައް އޮވެ އެވެ. އެހެން ނަމަވެސް އެ ޓުއާތަކުގައި ގަނޑުވަރުގެ އިރުމަތީ ފަޅި ނުދައްކަ އެވެ.
މި ސަރަހައްދަށް ވަންނަން ނަގަންޖެހޭ ޓިކެޓުގެ އަގަކީ 75 ޕައުންޑެވެ. އެއީ ގާތްގަނޑަކަށް 95 އެމެރިކާ ޑޮލަރެވެ.
ދިރާގު ފޯރި ލަކީޑްރޯގައި 65 އިންޗީގެ ސްމާޓް ޓީވީއެއް
ސޯނޫ ނުރައްކާތެރި ނާރުގެ ބައްޔަކާ ހަނގުރާމަ ކުރަނީ!
ކޭންގެ ދެ ލަނޑާއެކު އިންގްލެންޑަށް ވަރުގަދަ ފެށުމެއް