އާޓިފިޝަލް އަލިގަދަ ތަންތަނުގައި ދިރިއުޅުމަކީ ހިތުގެ ބައްޔަށް މަގުފަހިވާ ކަމެއް ކަމަށް ސައިންސްވެރނިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އޮސްޓްރޭލިއާގެ ވިކްޓާ ޗޭންގް ކާޑިއެކް ރިސާޗް އިންސްޓިޓިއުޓްއިން ނެރެފައިވާ އެ ދިރާސާގައި ބުނެފައިވަނީ ރޭގަނޑު ގަޑީގައި އާޓިފިޝަލް އަލި ގިނަ ތަންތަނުގައި އުޅޭނަމަ ހާޓް އެޓޭކްއާއި އެ ނޫން ވެސް ހިތުގެ ބަލިތަކަށް ހުށައެޅޭ ކަމަށެވެ.

"އަޑުގަދަ ތަންތަނެކޭ އެއްގޮތަށް އަލިގަދަ ތަންތަނުގައި ދިރިއުޅުމަކީ ވެސް ހިތުގެ ހިނގުމަށް ބަދަލު އަންނަ ކަމެއް،" އެ އިންސްޓިޓިއުޓްގެ ޑައިރެކްޓަރު ޖޭސަން ކޮވެސިކް ވިދާޅުވި އެވެ.

https://www.youtube.com/watch?v=juLcH3ECRnE

އެ ދިރާސާގައި އިތުރަށް ބުނެފައިވަނީ އަލިގަދަ ތަންތަނުގައި ދިރިއުޅޭނަމަ ނިދުމުގެ އާދަތަކަށް ވެސް ބަދަލުތަކެއް އަންނަ ކަމަށާއި އެއީ ވެސް ހިތުގެ ބައްޔަށް މަގުފަހިވާ އެއް ސަބަބު ކަމަށެވެ.

އަލިގަދަ ތަންތަނުގެ އިތުރުން އަޑުގަދަ ތަންތަނުގައި އުޅުމަކީ ވެސް ހިތުގެ ބައްޔަށް މަގުފަހިވާ ކަމެއް ކަމުގައި މީގެ ކުރިން ހޯދިފައިވެ އެވެ.

އެހެން ކަމުން މާލެ ފަދަ ތަރައްގީ ވެފައިވާ ބޮޑު ސިޓީތަކުގައި އުޅޭ މީހުންނަށް ހިތުގެ ބަލި ޖެހުން ގާތް ކަމަށް މިދިރާސާތަކުގެ އަލީގައި ބުނެވިދާނެ އެވެ.