އިއްޔެއަކީ ބޮލީވުޑް އަދި ހޮލީވުޑްގެ ކާމިޔާބު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާގެ 42 ވަނަ އުފަން ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ޕްރިޔަންކާގެ ފިރިމީހާ ނިކް ޖޯނަސް ވަނީ އޭނާއަށް ހާއްސަ މެސެޖެއް ދީފަ އެވެ.

ނިކްގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ނިކް ބުނެފައިވަނީ ޕްރިޔަންކާ ފަދަ އަންހެނަކު ހަޔާތުގެ ބައިވެރިއަކަށް ލިބުނުކަމީ ނަސީބެއް ކަމަށެވެ.

Adv by Dhiraagu
Dhiraagu
Adv by Coca Cola
Coca Cola

އެ ޕޯސްޓާއެކު އެދެމީހުންގެ ބައެއް ފޮޓޯތައް ވެސް ހިއްސާ ކޮށްފައިވާއިރު އެ ފޮޓޯތަކުގައި ޕްރިޔަންކާއާއި ނިކް އެކުގައި ވަގުތު ހޭދަކުރާ މަންޒަރު ފެނެ އެވެ.

ޕްރިޔަންކާ އޭނާގެ 42 ވަނަ އުފަންދުވަސް ފާހަގަކުރިއިރު، ދާދިފަހުން އޭނާއާއި ނިކް ވަނީ އިންޑިއާގެ މަހުޖަނު އަމްބާނީ އާއިލާގެ ކައިވެންޏަކަށް އިންޑިއާއަށް ގޮސްފަ އެވެ.

އެހެން ނަމަވެސް އަމިއްލަ ކޮއްކޮ ޕަރިނީތީ ޗޯޕްރާގެ ކައިވެންޏަށް ޕްރިޔަންކާ ނައުމުން އާއްމުންގެ ފާޑުކިޔުން ކޮންމެވެސް ވަރަކަށް އޭނާއަށް ދަނީ އަމާޒުވަމުންނެވެ.

ވިއްސަކަށް އަހަރަށް ދެމިގެންދާ ޕްރިޔަންކާގެ ފިލްމީ ހަޔާތުގައި އޭނާ ވަނީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް ކާމިޔާބު އެތައް ފިލްމެއްގައި ހަރަކާތްތެރިވެފަ އެވެ.