މިހާތަނަށް ދުނިޔޭގައި އިމާރާތްކުރި އެންމެ ބޮޑު އިންޑޯ އައިސް އެންޑް ސްނޯ ތީމް ޕާކް ޗައިނާގެ ހާބިންގައި ހުޅުވައިފި އެވެ.

ޗައިނާގެ އިރު އުތުރުގައިވާ ސިޓީއެއް ކަމަށްވާ ހާބިންގައި ހުޅުވި މި ސްނޯ ޕާކަކީ 23،800 އަކަ މީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ ޕާކެކެވެ. މި ޕާކުގެ ފިނިހޫނުމިން މައިނަސް 8 ޑިގްރީއިން ފެށިގެން 29 ޑިގްރީއާ ހަމައަށް ހުންނައިރު މިއީ އަސްލު ސްނޯގެ ތަޖުރިބާ ކުރެވޭނެ ފިނިހޫނުމިނެކެވެ.

އެކި އުމުރުފުރާތަކާ ގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ވެސް ޕާކުގައި ހިމެނޭއިރު މިހާރު އެ ޕާކު ވަނީ އާއްމުންނަށް ހުޅުވާލާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ޖުލައި މަހުގެ ހަވަނަ ދުވަހު ރަސްމީކޮށް ހުޅުވާފައިވާ ހާބިން ސްނޯ ޕާކް ވަނީ ދުނިޔޭގެ އެންމެ ބޮޑު ސްނޯ ޕާކްގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ.

ޗައިނާގެ އައިސް ސިޓީގެ ނަމުން ނަން ދެވިފައިވާ ހާބިންގައި 1999 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެމްބަރުން މާޗްއަށް އައިސް އެންޑް ސްނޯ ފެސްޓިވަލެއް ބާއްވަ އެވެ.

އަލަށް ހުޅުވުނު މި އިންޑޯ ސްނޯ ތީމް ޕާކްއާއެކު ޗައިނާއަށް އަންނަ ފަތުރުވެރިން އިތުރުވެ އިގްތިސާދީ ގޮތުން ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް މާހިރުން ބުނެ އެވެ.