ކާނާ ވިހަވެ، ހާލު ސީރިއަސްވެގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދިޔަ ދެ ފުލުހުން ވޯޑަށް ބަދަލުކޮށްފި އެވެ.
އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ނުވަތަ ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ 32 ފުލުހަކު ކާނާ ވިހަވެގެން ފަރުވާދިންއިރު، އޭގެ ތެރެއިން ދެ ދަރިވަރުން ފިޔަވާ އެންމެން ވަނީ ފަރުވާއަށްފަހު ދޫކޮށްލާފަ އެވެ.
އެ ދެ ފުލުހުންނަށް އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ދެ ފުލުހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ 32 ފުލުހަކު ކާނާ ވިހަވެގެން އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ގިނަ ދަރިވަރުންނަށް ފަރުވާދޭން ފެށީ އެ ރޭގެ ރޭގަނޑުގެ ކެއުމަށްފަހު ކާނާ ވިހަވެގެންނެވެ.
ޕޮލިސް ކޮލެޖުގައި 100 އަށް ވުރެ ފުލުހުން ތައުލީމާއި ތަމްރީން ހާސިލްކުރަމުން ގެންދެ އެވެ.
ބޮޑުކަންނެލީގެ މަސްވެރިން މުޒާހަރާއަށް ނުކުތުމުން ވައުދު ފުއްދަނީ
ދިރާގުޕޭއިން މި ފަހަރު ބާބާ ގާޑިޔާއިން 1 ރުފިޔާއަށް ޝަވަރުމާއެއް!
ޖުވާ ކުޅުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން އިސްލާހެއް