އިނގިރޭސިވިލާތުގައި ކޮކާގެ އަދަދު މަދުވަމުންދާ ކަމަށް އެގައުމުގެ ބިގް ބަޓަފްލައި ކައުންޓް ޖަމިއްޔާއިން ބުނެފި އެވެ.

އެ ޖަމިއްޔާއިން ބުނިގޮތުގައި އިނގިރޭސިވިލާތުން ފެންނަ ކޮކާގެ އަދަދު 80 ޕަސެންޓް ވަނީ ދަށްވެފަ އެވެ

"ބަޓަފްލައިޒް އަކީ ހަގީގަތުގައި ޓެމްޕަރޭޗާ ސެންސިޓިވް އެއްޗެއް. އެމީހުން ވަރަށް ލޯބިވޭ ހޫނު ދެކެ،" ބަޓަފްލައި ކޮންޒަވޭޝަންގެ ޑރ. ޑޭން ހޯއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮކާގެ ކެޓަޕިލާ ކެއުމަށް ވަކި ގަސްތަކެއް ބޭނުންވާ ކަމަށާއި ލައިފްސައިކަލް ފުރިހަމަ ކުރަން ރަނގަޅު ފިނިހޫނުމިން ވެސް ބޭނުންވާ ކަމަށެވެ.

"ދުނިޔެ ހޫނުވަމުން އަންނައިރު ޓްރެންޑްތައް ހަމަ ޔަގީނުން ވެސް ބަދަލުވަމުން މިދަނީ. އެހެންވީމާ ހޮލީ ބްލޫ، ދަ ކޮމާ، ޕީކޮކް ފަދަ ކޮކާގެ ވައްތަރުތައް މިހާރު ސްކޮޓްލޭންޑުން ފަސޭހައިން ފެންނަނީ،" ޑރ. ޑޭން ވިދާޅުވި އެވެ.

ކޮކާ މަދުވުމުގެ މައިގަނޑު ސަބަބަކީ މޫސުމީ ބަދަލުތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕެސްޓިސައިޑް ބޭނުންކުރުމުގެ ސަބަބުން ކަމަށް ވެސް ޑރ. ޑޭން ވިދާޅުވި އެވެ.

މިކަންކަން ކަމަކީ ރަނގަޅު ދިރާސާތަކެއް ކޮށް ހައްލު ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.