އުރީދޫގެ 19 ވަނަ އަހަރީ ދުވަހާއެކު ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް 5ޖީގެ ހިދުމަތް ފުޅާކޮށްފި އެވެ.

ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ މިއަދު ފާހަގަކުރާ އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަހާއެކު، ޒަމާނީ ޓެކްނޮލޮޖީ އާއި އިނޮވޭޓިވް ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުން ގުޅާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ކައުންޓްޑައުން ފެށުން ފެށުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއާއެކު ކަސްޓަމަރުން ޑިޖިޓަލް ދިރިއުޅުން ފުރިހަމަކުރުމަށް އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތުގައި އާ އަދި އިތުރު ޚިދުމަތްތަކެއް އިއުލާނުކުރުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ 5ޖީ: މުޅި ރާއްޖެއަށް ކަވަރޭޖް ފުޅާކުރުން

އުރީދޫން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލުމަށް އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، އުރީދޫ 5ޖީ މިހާރު ރާއްޖޭގެ 60 ޕަސެންޓަށް މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ. އަދި މި މަސައްކަތުގެ ފޭސް ތިނެއްގައި 100 އިންސައްތަ ކަވަރޭޖް ހާސިލްކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"ޑިޖިޓަލް އިނޮވޭޝަންގެ ލީޑަރެއްގެ ހައިސިއްޔަތުން، ހަލުވި ސްޕީޑާއި، ލެޓެންސީ ދަށްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5ޖީ ނެޓްވޯކެއްގެ އެކްސްޕީރިއަންސެއް ލިބިގެންދާނެކަން ފާހަގަކުރަން،" އެ ކުންފުނިން ބުންޏެވެ.

ނޫޖޫމް: ލޯޔަލްޓީ ޕްރޮގްރާމް

"އަޅުގަނޑުމެންގެ ލޯޔަލްޓީ ޕްރޮގްރާމް، ނުޖޫމް ފަރުމާކުރެވިފައި މިވަނީ، އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންގެ ބައިވެރިވެވޭ ގޮތަށް. ނުޖޫމްއާއެކު ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނަކާއެކު ޕޮއިންޓް ހޯދައި، އުރީދޫގެ ގިނަ ހިދުމަތްތަކަށާއި ތާޑް ޕާޓީ އޮފާތަކަށް ރިޑީމް ކުރެވޭނެ،" އުރީދޫން ބުންޏެވެ.

އުރީދޫން ބުނިގޮތުގައި މި ޕްރޮގްރާމަކީ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. އަދި ނޮޖޫމް އަކީ އުރީދޫ ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ލޯޔަލްޓީ ޕްރޮގްރާމެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އާޗާ ސުޕަނެޓް އަދި އާޗާ އެއާފައިބާ: ޑެއިލީ ޑޭޓާ މިހާރު ފައިބަ ބްރޯޑްބޭންޑަށް

އުރީދޫން ބުނީ އެ ކުންފުނީގެ އާޗާ ސުޕަނެޓުން ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތަކެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އަދި ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުން ގުޅިފައި ތިބުމަށާއި، ކޮންމެ ދުވަހަކު ވެސް މެދުނުކެނޑި އިންޓަނެޓްގެ ހިދުމަތް ލިބުމަށް މި ޕްލޭންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"މި ކުރިއެރުމަކީ ރާއްޖޭގައި އެންމެ ފުރިހަމަ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުކުރެވުނު ބޮޅެއް،" އުރީދޫން ބުނެ އެވެ.

އޭއައި ޕޯސްޓްޕެއިޑް: އޭއައި މެދުވެރިކޮށް ޕޯސްޓްޕެއިޑް ޕްލޭން ތައްޔާރުކުރެވޭނެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭއައި ޕޯސްޓްޕެއިޑް ތައާރަފްކުރެވުނީ އެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކަސްޓަމަރުން ބޭނުންތަކާއި ބޭނުންކުރުމުގެ ވައްޓަފާޅިއަށް ފެތޭ ގޮތަށް ޕާސަނަލައިޒްޑް ޕޯސްޓްޕެއިޑް ޕްލޭންތައް ހެދުމަށް މި އިނޮވޭޓިވް ހިދުމަތުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އޭއައި ޕޯސްޓްޕެއިޑް އާއެކު ކަސްޓަމަރުންނަށް ތަފާތު ފްލެކްސިބިލިޓީ އާއި ވެލިއު ލިބޭ ގޮތަށް ހާއްސަ ޕްލޭނެއް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ހެއްސަ ޑޭޓާ: ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް

ހެއްސަ ޑޭޓާ އަކީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްއަށް ތައާރަފުކުރެވޭ ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ޕްލޭނެކެވެ. ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގިނަ ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް މި އޮފާ އަކީ އިންޓަނެޓް ބޭނުންކުރުމާއި ސްޓްރީމް ކުރުމާއި ޗެޓުކުރުމުގައި ލިމިޓަކާ ނުލައި ގުޅާލުމުގެ މިނިވަންކަން ފަހިކޮށްދޭ ޕްލޭނެކެވެ.

އާޗާ ދަންދަން: ދަންވަރަށް ހާއްސަ

ސޯޝަލް މީޑިއާގައި ދަންވަރު ވަގުތު ހޭދަކުރާ ފަރާތްތަކަށް ހާއްސް އާޗާ ދަންދަން އިން ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑީއާގެ ގިނަ އެޕްލިކޭޝަންތަކަށް ޑޭޓާ އެލަވަންސެއް ލިބޭ އިރު، "ދަން ދަން" ގަޑިތަކުގައި ދަންވަރު 1:00 އިން ފަތިހު 5:00 އަށް ލިބިގެންދާނެ އެވެ. މި ޕްލޭންއާއެކު މެދުނުކެނޑި ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެންޓަޓައިނިއާ: އެންޓަޓެއިންމަންޓް އާ ހަރުފަތަކަށް

މުނިފޫހިފިލުވުމުގެ ގިން އެޕްލިކޭޝަންތަކާއި އެޕްތައް ހިމެނޭ ހާއްސަ ޕޭޖެއް ކަމަށްވާ އެންޓަޓައިނިއާ އުރީދޫއިން ވަނީ ތައާރަފްކޮށްފަ އެވެ. މި އާ ފީޗާގައި ސޮނީލިވް އާއި ލަޔަންސްގޭޓް ޕްލޭ ހިމެނޭ ފިލްމު ޕެކް އޮޕްޝަންތަކުގެ އިތުރުން ސްނެޕްޗެޓާއި ޓިކްޓޮކްގެ ސޯޝަލް އެންޓަޓެއިންމަންޓް ޕެކްތައް ވެސް ހިމެނެ އެވެ. މުނިފޫހިފިލުވުމުގެ ހުރިހާ ބޭނުންތަކެއް އެއްތަނަކުން ފުއްދައިދޭ ގޮތަށް އެންޓަޓެއިނިއާ ފަރުމާކޮށްފައި ވެ އެވެ.

އުރީދޫ ނޭޝަން: ގްލޯބަލް ފޭސްއޮފް

އުރީދޫ ނޭޝަން: ގްލޯބަލް ފޭސްއޮފް އަކީ 1919 ޑޮލަރުގެ ޕްރައިޒް ޕޫލަކާއެކު ރާއްޖެ އާއި ގަތަރު ގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތެކެވެ. އޮގަސްޓް މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި އުރީދޫ ނޭޝަންގެ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތެވެ.

އުރީދޫގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ ސީއީއޯ ހާލިދު އަލް ހަމާދީ އާއި އެ ކުންފުނީގެ އިސްވެރިން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. ފޮޓޯ: އުރީދޫ

އުރީދޫގެ 19 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށާއި، އިނޮވޭޓިވް ސޮލިއުޝަންތަކާއި، ތަފާތު ޚިދުމަތުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އިތުބާރާއި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އާއި އީޖާދީ ޓެކްނޮލޮޖީ ތައާރަފުކޮށް ފުޅާކުރުމަށް މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.