ބޮލީވުޑްގެ އެކްޓްރެސް އަދި އިންޑިއާގެ މަޖިލިސް މެމްބަރު ކަންގަނާ ރަނާވަތު މުމްބާއިގައި ދިރިއުޅެމުން އައި ގެ ބޮޑު ވިއްކާލަން ނިންމައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަންގަނާ މުމްބާއިގައި ދިރިއުޅެމުން ދިޔަ ގެ ވިއްކާލަން ނިންމާފައިވަނީ 40 ކްޑޯޑް ރުޕީސް (4.7 މިލިއަން ޑޮލަރު) އަށެވެ.

މުމްބާއީގެ ބަންޑްރާގެ އެންމެ މަޝްހޫރު އެއް ހިސާބު ކަމަށްވާ ޕާލީ ހިލްގައި ހުންނަ މިގެ ވިއްކާލަން ނިމިއިރު ކަންގަނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް މަނިކަރްނިކާ ފިލްމްސް ވެސް ހިންގަމުން އަންނަނީ މިއިމާރާތުގައި އެވެ.

މި ގޭގެ ބޮޑު މިނަކީ 3،042 އަކަފޫޓް އެވެ.

https://www.youtube.com/watch?v=XwCtNfoXZ9Q

މިދިޔަ ޖޫން މަހު ބޭއްވި އިންޑިއާގެ އާންމު އިންތިހާބުގައި ކަންގަނާ ވަނީ ބީޖޭޕީގެ ފަރާތުން ވާދަކޮށް، އޭނާގެ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީގެ ގޮނޑި ކާމިޔާބުކޮށްފަ އެވެ.

މަޖިލިސް މެމްބަރަކަށް ވުމުން އޭނާ މިހާރު ވަނީ ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހިލައިފަ އެވެ. ނަމަވެސް، އިންތިހާބުގެ ކުރިން އޭނާ ކުޅެފައިވާ ފިލްމު "އިމަޖެންސީ" ސިނަމާތަކުގައި އަންނަ މަހުގެ 6 ގަ ދައްކާނެ އެވެ.

މީގެ ކުރިން މީޑިއާގައި ކަންގަނާ ބުނެފައިވަނީ މަޖިލިސް ގޮނޑި ކާމިޔާބުވެއްޖެ ނަމަ ފިލްމު ކުޅުން އެއްކޮށް ދޫކޮށްލާނެ ކަމަށެވެ. އަދި، ފިލްމު ކުޅޭށޭ ކިޔައިފައި އެނބުރި މުމްބާއީ އަށް ދިރިއުޅެން ނުދާނެ ކަމަށް ވެސް އޭނާ ބުނެފައި ވެ އެވެ.