ހަކުރު ބަލި ތަހައްމަލްކުރާ މީހުން ރާއްޖޭގައި އިންތިހާއަށް ގިނައިރު ލޭގައި ހުންނަ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓަން ޑޮކްޓަރުން ލަފާދެނީ ކެއިންބުއިމަށް ބަދަލުތައް ގެނެސްގެންނެވެ.
މި ލިޔުމުގައި މި ބަލާލަނީ ކެއިންބުއިމަށް ބަދަލު ގެނައުން ފިޔަވައި ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓަން އެހީވެދޭ މުޅިން ތަފާތު އުކުޅުތަކަށެވެ.
ފިނިކުރި ފެނުން ފެންވެރުން
ފިނިކުރި ފެނުން ފެންވެރުމަކީ ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅުކޮށްދީ އިންސިއުލިން ސެންޓިވިޓީ ރަނގަޅުކޮށްދޭ ކަމެކެވެ. ނަތީޖާއަކަށް ވަނީ ހަކުރު ކޮންޓްރޯލް ކުރެވުމެވެ.
ހުސްފަޔާ ހިނގުން
ވިނަ ނުވަތަ ވެލީގައި ހުސްފަޔާ ހިނގާލުމަކީ ހަށިގަނޑުގައި ސްޓްރެސް ހޯމޯންތައް ދަށްވެ އޭގެ ސަބަބުން ލޭގެ ހަކުރުވެސް ދަށްކޮށްދޭ ކަމެކެވެ.
ގަޑިން ގަޑިއަށް ނިދުން
ނިދުމުގައި ރަނގަޅު އާދަތަކެއް ގެންގުޅެން ޑޮކްޓަރުން ލަފާދޭއިރު އެކަމުން ލިބޭ އެއް ފައިދާއަކީ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ދަށްވުން ކަން ފަހަރުގައި ގިނަ މީހުންނަށް ނޭނގި އޮވެދާނެ އެވެ.
ކޮޅަށް ހުރުން
ތަނެއްގައި އިށީނދެގެން ނުވަތަ އޮށޯވެގެން އޮތުމުގެ ބަދަލުގައި ކޮޅަށް ހުންނަނަމަ ހަށިގަނޑުގައި ދައުރުވާ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރަން އެހީވެދެ އެވެ.