ދުނިޔޭގައި ފުރަތަމަ ފަހަރަށް ރޮބޮޓެއް ބޭނުންކޮށްގެން އިންސާނަކަށް ދަތުގެ ފަރުވާ ދީފި އެވެ.

ޑެންޓަލް މި ޕްރޮސީޖާގައި ބޭނުންކޮށްފައިވާ ރޮބޮޓިކް އާމް އޮޕަރޭޓްކޮށްފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް އަދި ތްރީޑީ އިމޭޖް ބޭނުންކޮށްގެންނެވެ.

މި ޓެކްނޮލިޖީ އީޖާތުކޮށްފައި ވަނީ އެމެރިކާ ކުންފުންޏެއް ކަމަށްވާ ޕާސެޕްޓިވް ކިޔާ ކުންފުންޏަކުންނެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ޓެކްނޮލޮޖީގެ ބޭނުމަކީ ފިލިންގް އަދި ކްރައުން އެޅުން ފަދަ ޑެންޓަލް ކަންކަން އަވަސްކުރުމެވެ.

އެ ކުންފުންޏަށް ފަންޑުގެ ގޮތުގައި 30 މިލިއަން ޑޮލަރު (23.5 މިލިއަން ޕައުންޑް) ލިބިފައިވާއިރު، އެ ކުންފުންޏަށް އެހީތެރިވަނީ މެޓާގެ ވެރިޔާ މާކް ޒަކަބާގްގެ ބައްޕަ އަދި ޑެންޓިސްޓް އެޑްވާޑް ޒަކަބާގް އެވެ. އަދި ކުރިއަށް އޮތްތަނުގައި ކްރައުން ޕްލޭސްމަންޓްތައް އެންމެ 15 މިނެޓުން ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިހާރު ކްރައުން ޕްލޭސްމެންޓްއެއް ހެދުމަށް ދަތުގެ ޑޮކްޓަރަށް ގިނަވެގެން ދެ ގަޑިއިރު ހޭދަވެ އެވެ.