އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތުހެމްޓަން އަތުން 1-0 އިން އެވަޓަން މޮޅުވިއިރު، މެޗަށް ފަހު އެވަޓަންގެ ކޯޗު ކާލޯ އެންޗަލޮޓީ ވަނީ ގަދަ ހަތަރެއްގެ ޖާގައަކަށް އެވަޓަން އިން ވެސް ވާދަކުރާނެ ކަމަށެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ބްރެޒިލްގެ ފޯވަޑް ރިޗާލަސަން އެވެ. ރިޗާލަސަން ވަނީ މިހާރު ޖެހިޖެހިގެން ތިން މެޗުގައި ލަނޑު ޖަހައިފަ އެވެ.

މި މޮޅާއެކު އެވަޓަން ވަނީ ތާވަލްގެ ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމްއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ވެސްޓް ހޭމް ވަނީ އެވަޓަން އަށްވުރެ އިތުރަަށް އެއް މެޗު ކުޅެފަ އެވެ. އެހެންކަމުން، ބުރާސްފަތި ދުވަހުގެ ރޭ ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، އެވަޓަން ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލާނެ އެވެ.

"މިއީ ވަރަށް ރަނގަޅު ފުރުސަތެއް. އެއް ދުވަހަށް ވިޔަސް، ގަދަ ހަތަރެއް އަރައި، އެ މަގާމަށް ވާދަކުރުމަކީ އަހަރެމެން ވަރަށް ބޭނުންވާކަމެއް. އަހަރެމެން އެބަޖެހޭ އެކަމަށް މަސައްކަތްކުރަން،" އެންޗަލޮޓީ ބުންޏެވެ. – ބީބީސީ