ރައްޔިތުންގެ މަޖިލީހުގެ މިހާރު ކުރިއަށްމިދާ ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުގެ ރިޔާސަތުން ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގައި ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމުން ދައުރު އިތުރުކުރަން ގަސްދުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު ދުވަހަކީ އޮގަސްޓް 15 ވަނަ ދުވަހެވެ.
ރިޔާސަތުން ހުށަހަޅުއްވާފައި ވަނީ މި ދައުރު 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށެވެ.
ދައުރު އިތުރުކުރުމާމެދު ވޯޓަށް އެހުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި އޮންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އީރާނާ ގުޅޭ ގޮތުން ޓްރަމްޕް ހައްދަވަނީ ދޮގު: ގާލީބާފް
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!